މެދުއިރުމަތީ މަޝްރަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އުފައްދަވައިފި

މެދުއިރުމަތީގެ މަޝްރަހް ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވާފައިވާކަމަށެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 9 ވަޒީރުންނެވެ. ކޮމިތީ ޗެއާއަކަށް ހަމަޖައްސަވާފައިވަނީ ހާރިޖީ ވަޒީރު، ޑރ.އަބްދުﷲ ހަލީލެވެ.
1. ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
2. ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން
3. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
4. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު
5. ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން
6. ހޯމް މިނިސްޓަރ ޢަލީ އިޙްސާން
7. ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް
8. ހަޔަޜއެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު
9. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ހީނާ ވިދާޅުވީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުންދާނޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ