ސަން ބަދިގެ: ހޮޓް ބަޓަރ ފިޝް
މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި މި ގެނެސްދެނީ ފަރުމަސް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ވަރަށް މީރު ކެއުމެކެވެ. ބޭނުން ވާތަކެތި 250 ގްރާމް ފަރު މަސް ( 1 އިންޗި ހުންނަ ވަރަށް ކޮށާފައި)02 ކެޕްސިކަމް ( އެތެރެ ސާފުކޮށްފައި ހިމަދިގުކޮށް ކޮށާފައި)06 ހިކިމިރުސް (2/1 އިންޗިއަށް ބުރިކޮށްފައި)03 ސްޕްރިންގް އަނިއަން ( 2 އިންޗިއަށް ދިގުކޮށް ކޮށާފައި)05 ލޮނުމެދު (ކުދިކޮށް ކޮށާލާފައި)02 ސައިސަމުސާ ޗިލީ ޕޭސްޓް 01 ސައިސަމުސާ ބަޓަރު 03 ސައިސަމުސާ ޓޮމާޓޯ ސޯސް04 ސައިސަމުސާ ޒުވާރިފުށް 02 ބިސްރަހަލާވަރުގެ ލޮނުކޮޅެއް ތައްޔާރު ކުރާނެގޮތް މަސް ކޮޅުތެރެއަށް ލޮނާއި ޒުވާރި ފުށާއި ބިހުގެ ގޮބޮޅި އަޅައި އެއްކޮށްލުމަށްފަހު 10 ވަރަކަށް މިނެޓް މެރިނޭޓްކޮށްލާށެވެ. އޭގެފަހުން މަސްކޮޅު ތެލުލާލާށެވެ. އެއަށްފަހު ތަވައެއްގެތެރެއަށް ބަޓަރުކޮޅުލާފައި ހޫނުކޮށްލާށެވެ. ދެން ކޮށާފައި ހުރި ހިކި މިރުސް ކޮޅު ފްރައިކޮށްލާށެވެ. އެއަށްފަހު ލޮނުމެދުކޮޅުއަޅާފައި ފްރައިކޮށްލާފައި އޭގެތެރެއަށް ޓޮމާޓޯ ސޯސް، ޗިލީ ޕޭސްޓް އަދި ލޮނު ކޮޅެއް އަޅާލުމަށްފަހު ކުޑަ ހަކުރުކޮޅެއް އަޅާލާށެވެ. ދެން ކެޕްސިކަމް އެޅުމަށްފަހު ކުޑަ ފެންފޮދެއް ރަނގަޅަށް އެއްކޮށްލާށެވެ. ކުރިން ފްރައިކޮށްލި މަސްކޮޅު އަޅާލުމަށްފަހު، ދެ މިނެޓް ވަންދެން ކައްކާލާފައި ސްޕްރިންގް އަނިއަން އަޅައި، އުދުންނިއްވާލާށެވެ. މިއީ ބަތާ އެއްކޮށް އަދި ރޮށްޓާ އެކު ވެސް ކާލަން ވަރަށް މީރު ބާވަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ