ކުރިއަށްއޮތް ރަމަޟާންމަހު ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނޭ ދުވަސްތަކާއި ގަޑިތައް އާއްމުކޮށްފިއެވެ.
ފެމިލީ ކޯޓުން މިއަދު ބުނީ ރަމަޟާންމަހު ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު، ހޮނިހިރު ނޫން ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި މެންދުރުކުރި ހެނދުނު 09:30 އިން 12:00 އަށް އަދި މެންދުރުފަހު 14:00 އިން 16:30 އަށް ކައިވެނިކޮށްދޭނޭކަމަށެވެ. މި ދުވަސްތަކުގައި ރޭގަނޑު ކައިވެނިކޮށްދިނުމަށް ކަނޑައަޅާފައިވަނީ، 21:45 އިން 22:45 އަށެވެ.
ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު ކޯޓުން ބޭރުގައި މެންދުރުފަހު 14:00 އިން 16:30 އަށް ކައިވެނިކޮށްދިނުމަށް ނިންމާފައިވާއިރު ރޭގަނޑު ކައިވެނިކޮށްދޭނީ 21:45 އިން 22:45 އަށެވެ.
ފެމިލީ ކޯޓުން ބުނީ ހުކުރުދުވަހު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ 21:45 އިން 22:45 އަށްކަމަށެވެ.
ފެމިލީ ކޯޓުން ރޯދަމަހު ކައިވެނިކޮށްދޭ ގަޑިތައް އާއްމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ