އިނގިރޭސިވިލާތުގެ ކުދިންނަށް ދަންވަރު 12 ގެ ފަހުން ސޯޝަލް މީޑިއާ ބަންދު

އިނގިރޭސިވިލާތުގެ ސަރުކާރުން އަލަށް އިއުލާންކުރި އުސޫލެއްގެ ދަށުން، އެ ގައުމުގެ ފުރާވަރު އުމުރުގެ ކުދިންނަށް ރޭގަނޑުގެ ވަގުތުތަކުގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ "ކާފިއު" އެއް ހިންގަން ނިންމައިފި އެވެ. ނަމަވެސް، އެކައުންޓް ސެޓިންގްސްއަށް ބަދަލު ގެނެސްގެން މި ކާފިއު އުވާލުމުގެ ފުރުސަތު އެ ކުދިންނަށް ލިބިގެންދާނެ އެވެ.
މި ނިންމުމާއެކު، އުމުރުން 16 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ބޭނުންކުރާ އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ އެޕްލިކޭޝަންތައް، މެންދަމު 12:00 އިން ހެނދުނު 06:00 އަށް އޮޓޮމެޓިކުން ހުންނާނީ ބޭނުންނުކުރެވޭ ގޮތަށެވެ.
MU STORE
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
ސޯޝަލް މީޑިއާގެ ކާފިއުއާ އެކު، އެޕްލިކޭޝަންތަކުގައި ހުންނަ "އޮޓޯ-ޕްލޭ" އާއި "އިންފިނިޓް ސްކްރޯލް" ފަދަ ދެވިހިފާ ފީޗާތައް ވެސް އޮފްކޮށްފައި ބެހެއްޓުމަށް ސަރުކާރުން ބޭނުންވެ އެވެ. ސަރުކާރުން ބުނާ ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ފުރާވަރުގެ ކުދިން ކަންކަމަށް ދޭ ސަމާލުކަން އިތުރުވެ، ނިދުމުގެ ފެންވަރު ރަނގަޅުވެ، އާއިލީ ގުޅުންތަކަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.
މި އާ ޕްލޭންތައް އިއުލާންކޮށްފައި މި ވަނީ، އިނގިރޭސިވިލާތުގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރުން މުޅިން މަނާކުރާނެކަން މިދިޔަ ޖޫން މަހު އިއުލާންކޮށްފައި ވަނިކޮށެވެ.
މި ކާފިއުއިން ވަކިވުމަށް ބޭނުންކުރާ "އޮޕްޓް-އައުޓް" ބަޓަން ހުންނާނީ ސީދާ ކޮން ތަނެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ. މިހާރު ވެސް ބެލެނިވެރިންނަށް އެކި ޑިވައިސްތަކާއި އެޕްލިކޭޝަންތަކުގެ ސެޓިންގްސް މެދުވެރިކޮށް، ދަރިން ސްކްރީން ބޭނުންކުރާ ވަގުތު ކޮންޓްރޯލް ކުރުމުގެ ފުރުސަތު އޮވެ އެވެ.
މީގެ އިތުރުން، ކުޑަކުދިން އޭއައި ޗެޓްބޮޓްތައް ރައްކާތެރިކަމާއެކު ބޭނުންކުރުމަށް އެހީތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސަރުކާރުން ބުންޏެވެ. މީގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އޭއައި ބޭނުންކުރުމުގައި ގަވާއިދުން ބްރޭކްތައް ދިނުމަށް ހިދުމަތްދޭ ފަރާތްތަކަށް މަޖުބޫރުކުރުން ހިމެނެ އެވެ.
މިއީ އޮސްޓްރޭލިއާއިން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމި ނިންމުމާ އެއްގޮތަށް އަޅަމުންދާ ފިޔަވަޅުތަކެކެވެ.
މިދިޔަ ޑިސެމްބަރު މަހު އަމަލުކުރަން ފެށި އޮސްޓްރޭލިއާގެ ގަވާއިދުތަކުގެ ދަށުން، ސޯޝަލް މީޑިއާ އެޕްތަކުން ވަނީ ފުރާވަރުގެ ކުދިންގެ އެކައުންޓްތައް ބަންދުކޮށް، އާ އެކައުންޓްތައް ހުޅުވުން ހުއްޓުވަން މަޖުބޫރުކޮށްފަ އެވެ.
ނަމަވެސް، މިފަދަ ހުރަސްތަކަކީ އެދެވޭ ނަތީޖާއެއް ނުފެންނަ ކަންކަން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ގިނަ އަދަދެއްގެ ފުރާވަރުގެ ކުދިން ބުނާ ގޮތުގައި، މަނާކޮށްފައިވާ ސައިޓްތަކަށް އަދިވެސް ފަސޭހަކަމާއެކު ވަދެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ