ޒަރޫރީ މުދާ އުފުލާ އުޅަނދުފަހަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދީފި އެވެ.
ތަސްނީމް ނިއުސް އެޖެންސީން މިއަދު ހަވާލާދިން ރަސްމީ ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުން، އީރާނުގެ ބަނދަރުތަކަށް ޒަރޫރީ މުދާ އުފުލާ އުޅަނދުފަހަރު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ދީފަ އެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި، އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުފަހަރާއި މިވަގުތު އޮމާން ކަނޑުގައި މަޑުކޮށްގެން ތިބި އުޅަނދުތައް ވެސް ކަނޑުއޮޅި ހުރަސްކުރަންވާނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިއީ އާންމު ދަތުރުފަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ހުރި ނަމަވެސް، ވަކި ހުދޫދެއްގެ ތެރެއިން މުދާ އުފުލުމުގެ ފުރުސަތު ހުޅުވާލުމަށް އެޅި ފިޔަވަޅެކެވެ.
މިދިޔަ 28 ފެބްރުއަރީން ފެށިގެން އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން، ރައްދުގައި އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މި ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި މުދާ އުފުލާ، ބައިނަލްއަގުވާމީ ގޮތުން ނުހަނު މުހިންމު ސަރަހައްދެކެވެ.
ޒަރޫރީ މުދާ އުފުލާ ބޯޓު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ