ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް މަސްވެރިންގެ ޕާކް ސަރަޙައްދު ފަޅުގައި އޮތް އުޅުަނދުތައް ނެގުމަށް އެމްޓީސީސީން އަންގައިފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްގެންދަނީ ފޭސް 1 ގައި ހިމެނޭ 4 ސެގެމެންޓްގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަހައްދެކެވެ.
އެމްޓީސީސީން ވަނީ މި ސަރަޙައްދު ތަރައްޤީކުރުމުގެ ގޮތުން ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާދަމާ އިން ފެށިގެން ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއާ ހަމައަށް އޮންނަ މަގާއި މަގާ އިންވެގެން އޮންނަ ފަޅު ބަންދުކުރާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
އެމްޓީސީސީން ވަނީ އެ ސަރަޙައްދުގެ ފަޅުގައި މިވަގުތު އަޅާފައި އޮތް ދޯނިތަކާއި ލޯންޗްތައް ހުސްކުރުމަށް އެތަކެތީގެ ވެރިފަރާތައް އިލްތިމާސްކޮށްފައެވެ.
އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މަގުގެ މި ސަރަހައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވަނީ، ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަށެވެ. މަގު ތަރައްޤީކުރުމަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތާއި، ސައިޑް ވޯކް ޖެހުމުގެ މަސައްކަތްވެސް ކުރިއަށް ދާއިރު މިހާތަނަށް 143 މީޓަރުގެ ސަރަހައްދެއްގައި ސީޓް ޕައިލްކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
އެމްޓީސީސީން ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މި ސެގްމެންޓުގައި ހިމެނޭ 700 މީޓަރުގެ މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤިކުރެވި، ތާރު އެޅުމާއެކު އެ ސަރަހައްދުގައިވެސް ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓްހަދައި، ލައިޓް ޖެހުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެވެ.
އަދި އެ ސަރަޙައްދުތައް ބޭނުންކުރަން ހުޅުވާލާފައިވާއިރު، މަގުގެ ޖާގަ ތަނަވަސްވެ، އެއްގަމު އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ވަނީ ބޮޑު ލުޔެއް ލިބިގެންގޮސްފައެވެ.
ޝީޓް ޕައިލްކުރަން ބީއެމްއެލްއާ ދިމާލުން އޮންނަ ފަޅު ބަންދުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ