މާލޭގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެއެއްގެ ދޮރުމަތީގައި ހަބަރު ހުސްވެފައި އޮއްވާ އިއްޔެ ފެނުނު ބިދޭސީމީހާ ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކަޅުހުރާ މަގުގައި ހުންނަ ސާޖް ނަމަކަށް ކިޔާ ގޭގެ ކުރިމަތިން އޭނާ ފެނުނުއިރު އޮތީ އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި ކަމަށް ފުލުހުން އިއްޔެ ބުންޏެވެ. އަދި އޭނާ ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފައިވެ އެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނީ އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ. އެއީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ބުންޏެވެ.
ފުލުހުން ބުނިގޮތުގައި:
މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ މީހާ މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތް ކަމަކަށް ނުބެލެވޭ
އަދި ތުހުމަތު ކުރެވޭ ކަމެއް ވެސް ފާހަގަކުރެވިފައެއްނުވޭ
އެ މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން
ފާހަގަކުރެވޭ - އެ މީހާ މަރުވުމުގައި މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނިއިރު، އެ ގޭގެ ދޮރުމަތީގައި އޭނާ ބޭއްވުމަށް ފަހު ފިލަން އުޅުނު ކަމަށް ބުނާ ދެ މީހަކު އެތަނުގައި އެ ވަގުތު ތިބި ބަޔަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެ މީހުން ބަންދުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
ަހަބަރު ހުސްވެފައި އޮއްވާ މަގުމަތިން ފެނުނު މީހާ މަރުވެއްޖެ؛ ތުހުމަތު ކުރެވޭ ކަމެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ