މަގާމުން ވަކިކުރީ ގަވާއިދާ ހިލާފަށް، ގަޕޯ ރަނގަޅަށް މޮޔަވެއްޖެ: އިބްރޭ

އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު -- އިދާރީގެ މަގާމުން ވަކިކުރެއްވީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަަބްދުލްޣަފޫރު މޫސާ ސޮއިކޮށް މިއަދު ވަހީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެ ދިނުމަށް ޗެއާޕާސަންގެ ނާއިބު (އިދާރީ) އާއި ޗެއާޕާސަންގެ ނާއިބު (މާލީ) ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަނުކުރަން ވާނެ ކަމަށް ބަޔާންކޮށް ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނާއިބަކު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނާއިބު ކަމަށް އައްޔަނު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން އެ މާއްދާގައި ޗެއާޕާސަންގެ ނާއިބު ކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަން ޖެހޭ ކަމަށް ބުނެފައިނުވާތީ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނާއިބު އިދާރީ ކަމުން އިބްރާހިމް ވަހީދު ވަކިކޮށްފައިވާ ކަަމަށެވެ.
އިބްރޭ ވަނީ އެ ނިންމުމާއި ގުޅިގެން ގަޕޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިބްރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި ގަޕޯއަށް ފާޑުވިދާޅުވެ އޭނާ ވިދާޅުވީ ރަނގަޅަށް މޮޔަވެއްޖެ ކަމަށެވެ.
ވަހީދުގެ ކުރީން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަގާމުން އަހްމަދު މައުރޫފް ވެސް ވަނީ ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ