އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފު މަގާމުން ވަކިކޮށްފި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ސޮއި ކުރައްވާ މައުރޫފަށް ފޮނުވި ސިޓީގައި ވިދާޅުވީ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން މައުރޫފު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް މައުރޫފު ވަކިކުރި ސަބަބެއް ވިދާޅެއް ނުވެ އެވެ.
ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި މައުރޫފު ޕާޓީއަށް ކޮށްދެއްވި މަސައްކަތަށް ސިޓީގައި ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މައުރޫފުގެ އިތުރުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމުން އިބްރާހީމް ވަހީދު (އިބްރޭ) މިއަދު ވަނީ ވަކިކޮށްފަ އެވެ.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ