ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފޯމު ހުށަހަޅަން ޖެހޭ ޕޯޓަލް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުލުވާލައިފި އެވެ.
ވީކިހިނެއް؟ - އިންތިހާބަށް ކުރިމަތިލާން ފުރުސަތު ހުޅުވާލަނީ މި މަހުގެ 17ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ކުރިން އީސީން މިއަދު ވަނީ ޕޯޓަލް އާއްމުކޮށްފަ އެވެ.
ތަފްސީލް - އީސީން ބުނީ ފޯމު ހުށަހަޅަން ޖެހޭ ތާރީހުގެ ކުރިން ޕޯޓަލް ހުޅުވާލުމުން، ޕޯޓަލްއަށް އަހުލުވެރި ވާން ވަގުތު ލިބޭނެ ކަމަށެވެ.
އިންތިހާބަށް ކުރިމަތިލާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކުރުމަށް އެކަށޭނަ ވަގުތު ވެސް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އީސީން އިތުރަށް ބުނިގޮތުގައި:
އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން މައި ޕޯޓަލްއަށް ލޮގިން ވާނީ އެ މީހެއްގެ އީފާސް އެކައުންޓް މެދުވެރިކޮށް
އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ހައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް އިހްތިޔާރުކޮށްފި ނަމަ އެ ޕާޓީއަކުން އެ ކެންޑިޑޭޓް އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ
ސިޔާސީ ޕާޓީތަކުން މި ރިކުއެސްޓްތައް ޕްރޮސެސް ކުރާނީ ސިމެދަ ޕޯޓަލް އިން
ކައުންސިލް އިންތިހާބު އޮންނާނީ އަންނަ 4 އޭޕްރީލްގަ އެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް އެ ދުވަހު ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފޯމު ހުށަހަޅާ ޕޯޓަލް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ