މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރި 5 ބިދޭސިން ހައްޔަރުކޮށްފި

މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސިންތަކެއް ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ މާލޭގައި ބަނގުރާ އުފައްދައި ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ތަފްސީލް - މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރު ކޮށް، މާލޭ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ނޭޕާލަށް ނިސްބަތްވާ ހަތަރު މީހުންނަކީ:
ޑިއު ކުމަރް މެޔޮންގްބަ، 30
ސުމަން އަދިކަރި، 26
ރާމްޖި ޕަރިޔަރް، 38
ބިކްރަމް ނެޕަލި، 27
 އޭގެ އިތުރުން، ބަންގްލަދޭޝްއަށް ނިސްބަތްވާ މޮޒައްމެލް، 43، ވެސް ހައްޔަރުކޮށްފައިވެ އެވެ.
މި 5 މީހުން ވެސް ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ