ފެނަކައިގައި އޮތް ދަރަނިން 900 މިލިއަން ދައްކައިފި

އާ މެނޭޖްމެންޓް ހަވާލުވިއިރު "ކޮރަޕްޝަންގެ ހާއްޔެއް" ކަމަށް ސިފަ ކުރެވޭ ފެނަކައާއި ގުޅިގެން ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ އެތަނުގެ އިދާރީ އަދި މާލީ ކަންކަން ބޮއްސުންލައި އެތަނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުން ދަރާފައިވާ ފައިސާގެ ތެރެއިން، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 900 މިލިއަން ދައްކާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފާއިތުވި އެއް އަހަރު ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ހިމެނޭހެން އިއްޔެ އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، ކުންފުނީގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ އަދަދުން ކުޑަކޮށްފައިވާ ކަމަށްވެ އެވެ.ކުރީ ސަރުކާރު ނިމުނުއިރު ފެނަކައިގައި 4.1 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ. އޭގެ ތެރޭގައި ސަޕްލަޔަރުންނަށް ދޭން ޖެހޭ 3.2 ބިލިއަން ރުފިޔާ އާއި އެކިއެކި ލޯނުތަކަށް ދައްކަން ޖެހޭ 901 މިލިއަން ރުފިޔާ އޮތެވެ. އަދި ހާހަކަށްވުރެ ގިނަ ވިޔަފާރިއަކަށް އޮތީ ފައިސާ ދޭން ޖެހިފަ އެވެ. 
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދައްކަން ޖެހިފައި އޮތް 1.3 ބިލިއަން ރުފިޔާގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި 1،094 ވެންޑަރުންނަށް ދައްކަންޖެހިފައި އޮތް 3.4 ބިލިއަން ރުފިޔާގެ ތެރެއިން 600 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އޭގެ ތެރޭގައި 281 ވެންޑަރަކަށް ދައްކަން ޖެހިފައި އޮތް ފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.ކުންފުނީގެ ހަރަދު ކުޑަކުރުމަށް ހިދުމަތްތަކަށް ބުރޫ ނާރާނެހެން ބޭނުންވާ ވަރަށްވުރެ އިތުރަށް ނަގާފައިވާ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށާއި، ގެއްލުމުގައި ހިންގަމުން އައި މަޝްރޫއުތައް ހުއްޓާލައި އަދި ހިންގުމުގެ ހަރަދުތައް ފާއިތުވި އަހަރު ކުޑަކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.އާ މެނޭޖްމެންޓް ހަވާލުވިއިރު "ކޮރަޕްޝަންގެ ހާއްޔެއް" ކަމަށް ސިފަ ކުރެވޭ ފެނަކައާއި ގުޅިގެން ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ އެތަނުގެ އިދާރީ އަދި މާލީ ކަންކަން ބޮއްސުންލައި އެތަނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ