ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނެވި ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލެއްވުށް ހުޅުވާލުމުން އަށް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޒުބައިރު އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެ އެވެ.
ޒުބައިރުގެ އިސްތިއުފާއާއި ގުޅިގެން ސިވިލް ކޯޓަށް ގާޒީ އަކު ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން
އަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫއަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175، ކ. މާލެމުހައްމަދު ވިދާން ޝާކިރު / ހ. ހުދުފިނިފެންމާގެ، ކ. މާލެއާދަމް ޒާލިފް / އޯކިޑުމާގެ، ގއ. ގެމަނަފުށިއަލީ ނަދީމް / ހ. ގްލޯރިއޯސާ 2، ކ. މާލެނަފީލު މުހައްމަދު / ލަކީހޯމް، ގއ. ދާންދޫސިނާން އަލީ / ސަންޑަލްވޫޑް، ގދ. ފިޔޯރީއަހްމަދު މައުސޫމު / ހަވީރީމަންޒިލް، ލ. މާބައިދޫ
ޖޭއެސްސީން ވަނީ ސިވިލް ކޯޓަށް އިތުރު ގާޒީ އަކު ހޯދުމަށް މިމަހުގެ 24 ވަނަ ދުވަހު ވެސް އިއުލާންކޮށްފަ އެވެ. އެ ދުވަހު ގާޒީއަކު ހޯދުމަށް އިއުލާންކުރެއްވީ ސިވިލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަބްދުﷲ އަލީ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމާ ގުޅިގެން އޭނާގެ ބަދަލުގަ އެވެ.
ގާޒީ އަބްދުﷲ އަލީގެ ބަދަލުގައި ގާޒީ އަކު ހޯދުމަށް ކުރި އިއުލާންގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސިވިލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާއާ އެކު ޖުމްލަ 46،650 ރުފިޔާ ލިބެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.
ގާޒީ އަބްދުﷲ އަލީއާ އެކު ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި މިވަގުތު މަސައްކަތް ކުރައްވަނީ 15 ބޭފުޅުންނެވެ. ގާޒީ އަބްދުﷲ އަލީ ރިޓަޔާކުރެއްވި ނަމަވެސް އޭނާ ބައްލަވަމުން ގެންދަވާ މައްސަލަތައް އަންނަ މަހު ނިންމާލުމާ ހަމައަށް މަގާމުގައި ދެމިހުންނަވާނެ އެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމަށް އަށް ބޭފުޅުން ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ