ކާނަލް ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. މައްސަލަ އިސްތިއުނާފު ކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ މިއަދުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެމްއެންޑީއެފްގެ ރިޕޯޓުން އެނގޭގޮތުން ހިނބަޅިދޫއިން ފެނުނު ހަތިޔާރާއި ކާނަލް ނާޒިމްގެ ގެއިން ފެނުނު ހަތިޔާރަކީވެސް އެއްބަޔަކު އެމްއެންޑީއެފުން ނަގާފައިވާ ހަތިޔާރުކަން އެމްއެންޑީއެފުން ނާޒިމްގެ މައްސަލާގައި ހައިކޯޓަށް ހުށަހެޅި ރިޕޯޓުން އެނގޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. އިސްތިއުނާފު ކުރި ނުކުތާތައް ފިސްތޯލައަކީ އަމިއްލަ ފަރާތަކުން ގެންގުޅުނު އެއްޗެއްނޫން ކަމާއި އެމްއެންޑީއެފްގެ ހަތިޔާރެއްކަން ބޭރުގެ ނަމްބަރަކުން ނާޒިމްއަށް ގުޅާ ހޭއަރުވާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ ކާނަލް ނާޒިމް ނިދާ ކޮޓަރިއަށް ހަތިޔާރު ވެއްދި މީހާގެ މައުލޫމާތު ހެއްކެއްގެ ގޮތުގައި ކޯޓު އަމުރު ހޯދުމުގެ އިޖުރާއަތުތައް އުސޫލުން ބޭރުން ގޮސްފައިވާކަން ނާޒިމްގެ ކޮޓަރިއަށް ހަތިޔާރުވެއްދި މީހާގެ މައުލޫމާތު ނާޒިމްއަށް މިހާރު އެނގިފައިވާ ކަމަށާއި އެހެންކަމުން އޭނާގެ މައުލޫމާތު ހެއްކެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ހާޒިރުކޮށްދޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ސުއޫދި ވިދާޅުވި އެވެ. މީގެކުރިން ސުޕްރީމް ކޯޓަށް ހެކި ހާޒިރު ނުކުރުމުގެ އުސޫލެއް ގެންގުޅުނު ނަމަވެސް ބައެއް މައްސަލަތަކުގައި ހެކިން ހާޒިރު ކޮށްފައި ހުރުމުން ކާނަލް ނާޒިމްގެ މައްސަލާގައިވެސް ހެކިން ހާޒިރު ކުރާނެ ކަމަށް ގަބޫލުފުޅު ކުރެވޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. ނާޒިމްގެ ކޮޓަރިއަށް ހަތިޔާރުވެއްދި މީހާއަކީ ހައިކޯޓުގައިވެސް ދަށު ކޯޓުގައިވެސް މީގެކުރިން ހެކިބަސްދީފައިވާ މީީހެއް ނޫންކަމަށް ސުއޫދު ވިދާޅުވި އެވެ. އެމީހާ ހާޒިރުކޮށްދިނުމަށް ސުޕުރީމު ކޯޓުގައި މިހާރު އެދިފައިވާނެ ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ. ސުއޫދު ވިދާޅުވީ ހައިކޯޓުގައި ނާޒިމްގެ މައްސަލަ ބެލި އިރު އެމްއެންޑީއެފުން ހުށަހެޅި ރިޕޯޓަށް ބަލާލާފައު ނުވާ ކަމަށެވެ. އަދި ނާޒިމްގެ މައްސަލަ ނިންމައި ހައިކޯޓުން އެކުލަވާލި ރިޕޯޓުގައިވެސް އެ ހަތިޔާރަކީ އެމްއެންޑީއެފްގެ ހަތިޔާރެއްކަން އަލީ އިހުސާނަށް ބުނެދެވިފައި ނެތްކަމަ ބުނެފައިވާ ނުކުތާ އެކަނި ރިޕޯޓާ ބެހޭގޮތުން އިންކަމަށް ސުއޫދު ވިދާޅުވި އެވެ. ނަމަވެސް އެމްއެންޑީއެފްގެ ރިޕޯޓުގައިވެސް އެއީ ހިބަޅިދޫއިން ފެނުނު އެމްއެންޑީއެފްގެ ހަތިޔާރެއްކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައިވާކަމަށް ސުއޫދު ވިދާޅުވި އެވެ. ނާޒިމްގެ މައްސަލަ ހިނގާދިޔަގޮތް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ 11 މަހާއި 18 ދުވަސްވެއްޖެ 18 ޖެނުއަރީ 2015: ވަޒީރުކަމުގައި ހުންނަވަނިކޮށް ނާޒިމް ގެއިން ހަތިޔާރު ފެނުނު. އޭގެ ދެ ދުވަސް ފަހުން ވަޒީރުކަމުން ވަކިކުރި ނާޒިމް ހައްޔަރު ކުރީ 10 ފެބުރުއަރީ 2015 ވަނަ ދުވަހު 23 ފެބުރުއަރީ 2015: ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލި ނާޒިމްގެ މައްޗަށް ކުރި ދައުވާ ބަދަލުކޮށް 2 މާޗު 2015 ވަނަ ދުވަހު ނާޒިމްގެ މައްޗަށް އަލުން ދައުވާ އުފުލާފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 26 މާޗު 2015: ނާޒިމް 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ހައިކޯޓުގައި ހުކުމް އިސްތިއުނާފު ކުރީ 12 އޭޕްރީލް 2015 ގައި ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމަށް ތާއީދުކޮށް އިސްތިއުނާފު މައްސަލަ ހައިކޯޓުން ނިންމާފައި ވަނީ 15 މާޗު 2016 ވަނަ ދުވަހު، ނާޒިމް ޖަލަށް ލާން ހުކުމް ކުރިތާ އެއްއަހަރު ފަހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ