ދޯންޏެއްގެ އިންޖީނުގެ ތެރެއަށް ވެއްޓި އަންހެނަކަށް އަނިޔާ ވެއްޖެ

ހދ. މަކުނުދޫގައި ފުރަން ތައްޔާރުވެފައި އޮތް ފެރީއެއްގެ އިންޖީނު ގޭގެ ތެރެއަށް އަންހެނަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ވީ ކިހިނެއް؟- ހދ. އަތޮޅުގެ އެކި ރަށްރަށަށް ދަތުރު ކުރާ އެމްޓީސީސީގެ ދޯނި ފެރީގެ އިންޖީނުގޭގެ މަތި ނަގާފައި އޮތީ، ފުރުމުގެ ކުރިން އިންޖީނު ޗެކް ކުރުމާއި ތެޔޮ ބަދަލު ކުރުމަށެވެ. 
އާއްމު ގޮތެއްގައި ގިނަ ދޯނި ފަހަރުގައި އިންޖީނުގޭގެ މަތި ހަދާފައި ހުންނަނީ:
ޑެކަށްވުރެ ދެ ފޫޓެއްހާ އުސްކޮށް
މިހެން ހެދުމުން، ދޯނީގައި އުޅޭ މީހުންނާއި އަރާ ފައިބާ މީހުންނަށް އެތަން ފާހަގަވޭ
އެކަމަކު 'ދައުރު'އަށް އެނގިފައިވާ ގޮތުގައި މި ފެރީގައި އިންޖީނުގެ ގޭގެ މަތި ހުރީ ޑެކާ ހަމަވާ ގޮތަށެވެ. އެހެންވެ، ފުރަން ވެގެން ދޯންޏަށް އެރި އަންހެން މީހާ، މާބޮޑު ސަމާލުކަމެއް ނުދީ ހިނގާފައި ދަނިކޮށް ވެއްޓުނީ އަޑީގައި އޮތް އިންޖީނުގެ މައްޗަށެވެ.
އެ ހާދިސާގައި އަންހެން މީހާގެ ފަޔަށް ބޮޑެތި ޒަހަމުތަކެވެ، ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާވި އެވެ. އަންހެން މީހާއަށް ފަރުވާ ދިނުމަށް ގެންދަން ޖެހުނީ ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ. އޭނާގެ ފައިން ޒަހަމުވިތަން އެ ހޮސްޕިޓަލުން ވަނީ ފަހައިފަ އެވެ.
ފެރީގެ އާއްމު ގަވައިދު އޮންނަ ގޮތުން، ދޯނީގެ ފަޅުވެރިންނާއި ފަސިންޖަރުން އައުމުގެ ބައި ގަޑިއިރު ކުރިން، އިންޖީނު ޗެކްކޮށް އެތަނުގެ މަތި އަޅަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ