އެމްޑީޕީ ހޯދި ކާމިޔާބިއަށް މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅިގެން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ފޯނުން ގުޅުއްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ ކުރީގެ ރައިސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ އެމަނިކުފާނު މިއަދު ރައީސް ނަޝީދުއަށް ގުޅައި، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.
މަޖިލިސް އިންތިހާބުގައި 87 ދާއިރާ އަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު، އެމްޑީޕީން ވަނީ 65 ދާއިރާއެއްގެ ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދާފައެވެ.
މިއީ މަޖިލިސް އިންތިހާބެއްގައި މިހާތަނަށް އެއް ޕާޓީއަކަށް މިހާ ގިނަ އަދަދަކަށް ގޮނޑި ހޯދުނު ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ވެސް އެމްޑީޕީ އަށް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ