ހެޔޮ ގޮތެއް އެއްގޮތެއްވެސް ނެތް: ގާސިމް

ހެޔޮ ގޮތެއް އެއްގޮތެއްވެސް ނެތްކަމަށާއި ސަރުކާރު ބަދުނާމުވާ ގޮތައް ކަންކަން ބާއްވަން ހެޔޮނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވާހަކަދައްކަވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށައަޅުއްވާފައިވާ، އެއްގަމު ދަތުރު ފަތުރަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަދައްކަވަމުންނެވެ.
އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން އެއްގަމުގައި ދުއްވާ އުޅަނދު ރަޖިސްޓްރީ ކުރާއިރު ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު، ގަރާޖެއްގައި ރަޖިސްޓްރީ ކުރާ ގޮތަށް މިހާރު އޮތުމުން، އެކަމުގެ ނާޖައިޒު ފައިދާ ނަގާ ބޮޑެތި އަދަދު ތަކުން ގަރާޖު ފީގެ ގޮތުގައި ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ނަގަމުން ގެންދާތީ އާއި އަދި ގަރާޖުގައި އޮންނަ ޖާގައަށްވުރެ ގިނަ އުޅަނދުފަހަރު ގަރާޖުގައި ރަޖިސްޓަރ ކުރުން ފަދަ އަމަލު ބައެއް ފަރާތްތަކުނމް ހިންގަމުންދާކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގާސިމް އިބްރާހީމް ވަނީ އެފަދަ ކަންކަމަށް ހުއްޓުމެއް ގެނައުމަށް ގާނޫނުގެ ދަށުން އެއްގަމުގައިި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމްނުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް އެއްގަމު ދަތުރުފަތުރާ ގުޅޭ ގާނޫނަށް ހުށައެޅި މި އިސްލާހަށް ތާއީދު ކުރައްވާފައެވެ.
ފުރަތަމަ ކަމަކަށް އިމްޕޯޓް ކުރެވޭ ހިސާބުން ފެށިގެން، ލައިސަންސް ދެވޭ ހިސާބުން ފެށިގެން، އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން. އޭގެ ފަހުން 100 ޕަސަންޓު 200 ޕަސަންޓް ޑިއުޓީ ނަގާފަ ސަރުކާރަށް އާމްދަނީއެއް ހޯދާފަ އައިސް ރަޖިސްޓްރީ ކުރަން ދިޔާމަ މި ބުނަނީ އޭ ކޮބާހޭ ސަލާމަތީ ސެޓިފިކެޓު، ނޫނީ އޭގެ އެންވައިރޮމެންޓް އެސެސްމެންޓް ރިޕޯޓް
ގާސިމް ވިދާޅުވީ އެއްގަމު އުޅަދެއް އިތުރުކުރުމަށްޓަކައި އެތައް ފައިސާއެއް ހަރަދުވުމުން ސަރުކާރު ބަދުނާމުވާފަދަ ވާހަކަތައް ދައްކާކަމަށާއި ނަމަވެސް ދައުލަތަށް ލ؛ިބޭ އެއްވެސް އެއްޗެއް ނޯންނަކަމަށެވެ. ގާސިމް ވިދާޅުވީ އެ ހަރަދުކުރާ ފައިސާއިން ފައިދާވަނީ ކޮންމެސް އެހެން މީހަކައްކަމަށެވެ.
މިހާރު އެ ވިދާޅުވާ ގަރާޖުދީފަ ހުރި ތަންތަނަށް ނިސްބަތްކޮށް ބަލާ އޮޑިޓެއް ހެދީމަ އިގޭނީ ކިހިނެއްކަން އެކަން އޮތީ، މިއީ ހެޔޮ ވާވަރުކަމެއްނޫންކުރާކަށެއް
މިކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅެއްކަމަށް ގާސިމް ފާހަގަކުރެއްވީ އިމްޕޯޓް ކުރެވިފައިވާ އުޅަދުތައް މީހުންނަށް ބޭނުންކުރެވޭނެ ގޮތް ހަދައިދިމާއި ނުލާ އިމްޕޯޓް ކުރުމުގެ ހުއްދަ ނުދިނުމެވެ. ކަން ނުވުމުގެ ރުޅި ސަރުކާރާއި ދިމާލަން ނުބޭލުމަށް އެދި ގާސިމް ވިދާޅުވީ މިހާރު ކަން މިއޮތް ގޮތުން ރައްޔިތުންވެސް ދާނީ ކޮރަޕްޝަނުގެ ތެރެއަށްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ