މިއަދުގެ ވޯޓުން ރައްޔިތުން ނިންމި ގޮތަށް އިތުރު އެއްވެސް ޝަރުތެއް ނެތި ވަގުތުން ވަގުތަށް ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް ވަކީލުންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އެއްވެސް ޝަރުތެއް ނެތި ވަގުތުން ވަގުތަށް މިނިވަން ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ގޮވާލައިފި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އެންޑޯޒް ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބަށް ފަހު ޔާމީންގެ ގާނޫނީ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުން ބަސް ބުނެފައިވާ ކަމަށެވެ.ރައީސް ޔާމީންގެ މައްޗަށް ސަރުކާރުން ކުރި ސިޔާސީ ދައުވާތަކާއި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ނުހައްގު ހުކުމްތަކާއި ދެކޮޅަށް ރައްޔިތުން ހުއްޓުމެއް ނެތި އިހްތިޖާޖު ކުރަމުންދާތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވޭތުވެގެން ގޮސްފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.އަދި މިއަދުގެ ވޯޓުން ރައްޔިތުން ނިންމި ގޮތަށް އިތުރު އެއްވެސް ޝަރުތެއް ނެތި ވަގުތުން ވަގުތަށް ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް ވަކީލުންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޝަރުތެއް ނެތި ޔާމީން ވަގުތުން މިނިވަން ކުރުމަށް ވަކީލުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ