އައްޑޫގައި މުސްކުޅިއަކު ބަނދެ ފޭރުނު މައްސަލާގައި މީހަކު ހައްޔަރު ކޮށްފި

އައްޑޫ ސިޓީގައި 81 އަހަރުގެ މީހަކު ބަނދެ ފޭރިފައި ވަނީ އުމުރުން 50 އަހަރުގެ މީހެކެވެ.
އައްޑޫގައި މުސްކުޅިއަކު ބަނދެ ފޭރުނު މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ އައްޑޫ ސިޓީ، މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް މީހަކު ވަދެ އެގޭގައި ދިރިއުޅޭ މީހާ ބަނުމަށްފަހު ފޭރިފައިވާ މައްސަލައަކާ ގުޅިގެން 50 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.މި މައްސަލާގައި އަނިޔާ ލިބުނު މީހާ ޓީޝާޓެއް ބޭނުން ކޮށްގެން ބަނދެފައިވަނިކޮށް ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި އެމީހާގެ ހުންނަ ހަމުގެ ބައްޔެއްގެ ސަބަބުން އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާ ލިބިފައިވަނީ 81 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 6:12 އެހައިކަންހާއިރު ކަމަށް ވެސް ބުންޏެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ