ކުއްޖާއަށް އަނިޔާ ކުރި މުވައްޒަފުން ވަކިކޮށް ވަގުތީ ގޮތުން ތަން ބަންދު ކޮށްފި

އެ ކްލިނިކަށް ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް އަނިޔާވާފަދަ އަމަލުތަކެއް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ އާންމުވެފަ އެވެ.
ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" ގައި އޯޓިސްޓިކް ކުއްޖަކަށް އަނިޔާ ކުރި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަގުތީ ގޮތުން ކްލިނިކް ބަންދުކޮށްފި އެވެ.
އެ ކްލިނިކަށް ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް އަނިޔާވާފަދަ އަމަލުތަކެއް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ އާންމުވެފަ އެވެ. ވީޑިއޯ އާންމުވުމާ ގުޅިގެން އެ ކްލިނިކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކްލިނިކްގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާމެދު އެފަދަ އަމަލެއް ހިންގުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ކްލިނިކްގެ ހަމަތަކާ އުސޫލުތަކާ މުޅިން ހިލާފު އަމަލެއް ކަމަށެވެ.މިކަން ސަމާލުކަމަށް އައުމާއެކު ކުއްޖާއަށް އަނިޔާވެރި މުވައްޒަފާއި އެ ހާދިސާ ހިނގިއިރު އެތާ ހުރި އެހެން މުވައްޒަފަކު ވަގުތުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ކްލިނިކުން ބުންޏެވެ. އަދި ވަގުތުން މައްސަލަ ފުލުހަށް ހުށަހަޅައި، ފުލުހުން ބޭނުންވާ ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ. އަދި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެމުންދާ ކަމަށް ވެސް ބުންޏެވެ.އޭގެ އިތުރުން ވަގުތީ ގޮތުން ކްލިނިކް ބަންދުކުރަން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ ކްލިނިކްގެ ޒިންމާއަކީ ކުދިންނަށް ރައްކާތެރި، އިހްތިރާމް ލިބިގެންވާ އަދި ކުދިންނަށް ހިތްވަރު ލިއްބައިދޭ މާހައުލެއްގައި ހިދުމަތް ދިނުން ކަމަށެވެ. މިއީ ވަރަށް ސީރިއަސްކޮށް ނަގާ މައްސަލައެއް ކަމަށް ވެސް ބުންޏެވެ.މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު ފިޒިއޯ ކްލިނިކުގައި ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލިކޮށްފައިވާ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ