މިއަދުގެ ވަގުތެއްގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ވަނީ ޕީޕީއެމް ޕާޓިގެ ދަފްތަރުން ނަން އުނިކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނީ ފާރިސްގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައިވަނީ އެ ޕާޓީގެ ކައުންސިލްގެ 20 މެންބަރަކު ސޮއިކުރައްވާ ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ޕީޖީ ގުރޫޕްގެ ތްރީލައިން ވިޕާ ހިލާފުވި މައްސަލާގައި ފާރިސް ވަނީ ޕާޓީން ވަކިކުރަން ނިންމާފަ އެވެ. ނަމަވެސް މި ނިންމުން ގަބޫލުފުޅު ނުކުރައްވާކަމަށް ފާރިސްގެ ބައްޕާފުޅު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ.
ފާރިސްގެ ނަން ދަފްތަރުން އުނިކޮށްފައިމިވަނީ ޕާޓީގެ އެތެރޭގައި ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ޕީޕީއެމްގެ ދަފްތަރުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސްގެ ނަން އުނިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ