އިންޓަ ސްކޫލް ތްރީ އޮން ތްރީ ބާސްކެޓް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހަތަރު ވަނަ އިންޓަ ސްކޫލް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ ދެ އުމުރުފުރައަކަށް ބަހާލައިގެން ކަމަށާއި އެހެން ކަމުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މުބާރާތުގައި ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު ރެޖިސްޓާވުން ބަންދުވާނީ މިމަހުގެ 26 ވާ އަންގާރަ ދުވަހު ކަމަށް ވެސް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ދެ އުމުރު ފުރައަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވާ ޓީމް ތަކުގެ، ޓީމް ލިސްޓު މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މިމުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބަޔަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ