މައިލޯ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ޓީމްތައް ޔަގީންވެއްޖެ

މައިލޯ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ސްކޫލްތައް ޔަގީންވެއްޖެ އެވެ.
އެގޮތުން މި މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ގްރޫޕް އެކެއްގެ އެއްވަނަ ޓީމްގެ ގޮތުގައި ދަރުމަވަންތަ ސްކޫލް ސެމީ ފައިނަލަށް ގޮސްފައިވާއިރު މި ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ އިމާދުއްދީން ސްކޫލުންނެވެ.
ސޯޅަ އަހަރުން ދަށުގެ ފިރިހެން ބައިގެ ގްރޫޕް ދޭކުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވަނީ މަޖީދިއްޔާ ސްކޫލާއި ގިޔާސުއްދީން ސްކޫލެވެ. މި އުމުރުފުރާގައި އަންހެން ބައިގެ ދެ ގުރޫޕުން ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ އިމާދުއްދީން ސުކޫލާއި އަމީނިއްޔާ ސުކޫލާއި ކަލާފާނު ސްކޫލުގެ އިތުރުން އިސްކަންދަރު ސްކޫލެވެ.
މި މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ގްރޫޕް އެކަކުން އިމާދުއްދީން ސްކޫލާއި ގިޔާސުއްދީން ސްކޫލް ސެމީ ފައިނަލް ކަށަވަރުކޮށްފައިވާއިރު ގްރޫޕް ދޭކުން ސެމީ ފައިނަލަށް ދަތުރުކުރީ ރެހެންދި ސްކޫލާއި މަޖީދިއްޔާ ސްކޫލް އެވެ. މި އުމުރުފުރާގެ އަންހެން ބައިގެ ދެ ގުރޫޕްގައި ސެމީ ފައިނަލަށް ގޮސްފައިވަނީ އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލްގެ އިތުރުން ކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލް އެވެ.
މި މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ބައިން ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ޖަމާލުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލް އަދި ގިޔާސުއްދީން އިންޓަނޭޝަނަލް ހައި ސްކޫލް އެވެ. މި އުމުރުފުރާގެ އަންހެން ބައިގެ ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ އިމާދުއްދީން ސްކޫލް، ލާލޭ އިންޓަނޭޝަނަލް ހައި ސްކޫލް، ޖަމާލުއްދީން ސްކޫލްގެ އިތުރުން ކަލާފާން ސްކޫލް އެވެ.
އަށާރަވަނަ މައިލޯ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި މިއަހަރު އަންހެން 22 ޓީމް ވާދަކުރާއިރު، ފިރިހެން 25 ޓީމް ވާދަކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ