ޕާކިސްތާނުގެ 80 އިންސައްތަ އިން ކަރަންޓު ކެނޑިއްޖެ

ހަނގުރާމަވެރިން ދިން ހަމަލާއަކާ ގުޅިގެން ޕާކިސްތާނުގެ 80 އިންސައްތައިން ކަރަންޓް ކަނޑައިގެން ހިނގައްޖެ އެވެ.
ޕާކިސްތާނުގެ އެނާޖީ މިނިސްޓްރީގެ ތަރުޖަމާނު ޒަފަރްޔަބް ޚާން ވިދާޅުވީ ކަރަންޓް ކަނޑައިގެން ދިޔައި ރޭގެ ވަގުތެއްގައި ހަނގުރާމަވެރިންތަކެއް ބަލޮޗިސްޓާން ޕްރޮވިންސްގައި ހުރި ޓްރާންސްމިޝަން ޓަވަރަށް ދިން ހަމަލާއަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް މިއަދު ހެނދުނުގެ ވަގުތެއްގައި އެގައުމުގެ ބޮޑު ހިސާބަކަށް އަނެއްކާވެސް ކަރަންޓް ލިބެން ފަށާފައިވާ ކަމަށްވެސް ހާން ވިދާޅުވި އެވެ.
ޕާކިސްތާނުގެ އެނާޖީ މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ބެއްލެވުމުގެ ދަށުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި މި މައްސަލަ ހައްލު ނުވަނީސް ނުނިދާނެ ކަމަށެވެ.
ޕާކިސްތާނުގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑައިގެން ގޮސްފައިވާއިރު އެގައުމަށް ވަނީ ހަކަތައިގެ ބޮޑު ކާރިސާއެއް ވެސް ކުރިމަތިވެފަ އެވެ. މި ކާރިސާއާ ގުޅިގެން ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު އެގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ.
 
މަސްދަރު: ސްކައި ނިއުސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ