"އަލޫކާ ސްކޫލް ޕްރޮޖެކްޓް" އަށް ރުފިޔާ ހޯދަން ހުކުރު ދުވަހު މީދޫގައި ފަންޑްރައިޒިންގ އިވެންޓެއް ބާއްވަނީ

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ބޭރުގެ ދެ ފަރާތަކާއި ގުޅިގެން ސީރިޔާގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ 'އަލޫކާ ސްކޫލް'އަށް ފައިސާ ހޯދުމަސް މާދަމާ މީދޫގައި ފަންޑްރައިޒިންގ އިވެންޓެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. އައިއޭސީގެ ދެ އެފިލިއޭޓުންކަމަށްވާ އުއްމީދު ޖަމުޢިއްޔާ އަދި ޑޫޒިއަންސް ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައެވެ. މި ހަރަކާތުގައި މީދޫގެ މަގުތަކުގައި ހެދިކާ އަދި މަޖާ ވިއްކުމަށް ހަމަޖެހިފައިވާއިރު އެކުވެރި ކުލަބުގެ ސްޓޭޖް ސަރަހައްދުގައި ލައިވް ބާބަކިޔުވެސް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެލެއްވުމަކީ މި ހަރަކާތް ކުރިއަށް ގެންދާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ