ގާނޫނު އަސާސީގެ ބާރު ދަނީ ކެނޑެމުން: އާދަމް ޝަރީފު އުމަރު

ދިވެހިރާއްޖެއިން މިހާރު ފެންނަމުންދަނީ ގާނޫނޫ އަސާސީގެ ބާރު ކެނޑެމުންދާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑު އެހުންތައް ނިމި ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް މައްސަލަ ބައްލަވަމުން ގެންދެވި ޣާޒީ އަހުމަދު ހައިލަމު ވަނި ސަސްޕެންޑް ކޮށްފައެވެ.އަދި ސަސްޕެންޝަނަށް ފަހު ހައިލަމް ވަނީ ބާޔާނެއް ނެރުއްވާފައެވެ. ހައިލަމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ އިސް ބޭފުޅުން އޭނާއަށް އެކި އެކި ގޮތް ގޮތުން ގުޅުއްވަން މަސައްކަތްކޮށް އަދި އެ ހުކުމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށެވެ.ހައިލަމުގެ އެ ބަޔާނާ ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރު ހައިލަމު ނެރުއްވި ބަޔާނުގައި އޭނާއަށް ބަޔަކު މީހުން ނުފޫޒު ފޯރުވިކަމަށް ވިދާޅުވެފައި ވުމުން އެ ވިދާޅުވާ ބަޔަކު ހޯދާ ތަހުގީގު އަވަސް ކުރަން ޖެހޭ ކަމަށެވެ.އަދި މުޖުތަމައުގައި ހުންނަ އެފަދަ ކަންކަމާ މޯލްޑިވްސް ޕޮލިސް ސާވިސް އާ ޕްރޮސެކިއުޓާ ޖެނެރަލް އިސް ނަންގަވައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އާދަމް ޝަރީފުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.އަދި މިހާރު ފެންނަމުން މިދަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާ އާ 141 ވަނަ މާއްދާ އާ 142 ވަނަ މާއްދާގެ ބާރު ކެނޑެމުން ދާ މަންޒަރުކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
Fandiyaaru Hailam neruvvi bayaanaa gulhigen, RY ge shareeathah nufoozu foaruvan masakkaiy kuri meehun hoadhan thahugeegu avaskuranjehey. Mifadha massalathakugai PG aai police isve masakkaiy kuranjehey. Mihaaru midhanee QA ge 42, 141, 142 ge baaru kendemun.https://t.co/g6BpcVsTHC— Adam Shareef Umar (@Adamshareefz) November 9, 2019
ގާޒީ ހައިލަމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އޭނާ ސަސްޕެންޑްކުރީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމްކުރާނެ ކަމުގެ ޔަގީންކަން ނުދެއްވުމުން ކަމަށެވެ. އަދި އެކި ގޮތް ގޮތަށް އޭނާ އަށް އިންޒާރުދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.ހައިލަމްގެ ބަޔާނާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް އެތައް ބަޔަކު ގެންދަނީ ބުނަމުންނެވެ. އަދި އެއީ ދޮގެއް ކަމުގައިވާ ނަމަ ސަރުކާރުން އެކަން ދޮގުކުރަން ޖެހޭނެ ކަމަށާ އަދި އެކަމާ މެދު ސަރުކާރުން ބަހެއް ބުނެފައި ނުވުމުން ހައިލަމްގެ ބަޔާނަށް އިތުރ ބާރެއް ލިބި ހައިލަމުގެ ބަޔާނަކީ ތެދެއް ކަމުގައި ޤަބޫލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ