އައްޑޫއަށް މޫސުން ރަނގަޅުވެ، އީދު ކުޅިވަރުތައް ފަށައިފި

އިއްޔެ ރޭ އައްޑޫއަށް ގަދަ ވަޔާއެކު ކުރި ވިއްސާރައާއި ގުޅިގެން އީދުގެ ބައެއް ކުޅިވަރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ކުޅިވަރުތައް ފަށައިފިއެވެ.
އީދު ދުވަހާއި އީދުވިލޭރޭ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ އަދި ގަދަ ވަޔާއެކު ބައެއް ގޭގޭގެ ފުރާޅު އެއްލާލާ ގަސްތައް ވެއްޓި ، މޫސުން ގޯސްވެފައި އޮތުމަށްފަހު އިއްޔެ ހަވީރުން ފެށިގެން މޫސުން ވަނީ ރަނގަޅު ވެ ފައެވެ.
Advertisement
މި ވިއްސާރައާ ގުޅިގެން އައްޑޫގެ އެކި އަވަށްތަކުން 40 އަށް ވުރެ ގިނަ ގެއަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު މީހުންނަށް އެހީވުމާއި ރަށް ސާފުކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި އާންމު ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގެއްލުން ލިބުނު ގެތަކުގެ އަދަދު މިހާތަނަށް 40 އަށް އަރާފައިވާ އިރު، އެ އަދަދު އަދިވެސް އިތުރު ވެދާނެ ކަމަށް ބެލެވޭ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންނާއި އެކު ޕަބްލިކް ވޯކްސް އާއި ޑިޒާސްޓާގެ މުވައްޒަފުން ދަނީ ބައިވެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ