ނ. ހޮޅުދޫ މޭނާ ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ފްރޮގްރާމެއް ހިންގައިފި

ނ. ހޮޅުދޫ މޭނާ ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ފްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
ފެބުރުވަރީ 10ވަނަ ދުވަހުން ފެށިގެން މާރޗް 01 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި މޭނާ ސްކޫލްގެ ގްރޭޑް 01 ން ފެށިގެން ގްރޭޑް 09 ދެމެދުގެ ޖުމްލަ 253 ދަރިވަރުންނަށް ފަތަން ދަސްކޮށްދީފައި ވެއެވެ.
މި ޕްރޮގްރާމްގައި ކުލާސްތަށް ކުރިއަށް ގެންގޮސްފައިވަނީ ހޮޅުދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ މުވައްޒަފުންގެ އެހީތެރިކަމާއިއެކުގައެވެ. އެގޮތުން ދަރިވަރުން މޫދަށް އަހުލުވެރިކުރުވުމާއި ފަތަން ދަސްކޮށް ދިނުމާއި ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ބުނެދީފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި މޭނާ ސްކޫލްގެ މުދައްރިސުންނާއި ބެލެނިވެރިންގެ ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއްވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ