ރައީސް ގާސިމް އިބްރާހިމް ފަދަ ތަޖުރިބާހުރި ގައުމީ ވިސްނުމުގެ ބޭފުޅަކު ކުރިއަށް އޮތް ދައުރުގައި މަޖިލީހުގައި އިންނެވުމަކީ މުހިއްމުކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކް ޕޯސްޓެއްގައި ޝަހީމް ވިދާޅުވެފައިވަނީ ގާސިމަކީ ރާއްޖޭގައި މިހާރު ތިއްބެވި ސިޔާސީ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅާ ކަމަށެވެ. ހާއްސަކޮށް މަޖިލީހުގައި އެމަނިކުފާނުގެ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށްވެސް ޝަހީމު ވިދާޅުވި އެވެ.
"ގާސިމް ފަދަ ބޭފުޅުން މަޖިލީހުގައި ތިއްބަވާނަމަ އެބޭފުޅުންގެ ތަޖުރިބާ އާއި ހިއްސާ އިސްލާހީ މަސައްކަތުގައި ލިބޭނެ . ގާސިމަކީ ރާއްޖޭގައި އިސްލާމީ ސިޔާސަތު ދެމެހެއްޓުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަން ކަށަވަރު " ޝަހީމް ވިދާޅުވެފައިވެއެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމުގައި މިވަގުތު ހުންނެވި ޑރ. ޝަހީމް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގާސިމް އިބްރާހީމަށް ފުރިހަމަ ކާމިޔާބީއަކަށް ވެސް އެދިވަޑައިގެންފަ އެވެ.
މަޖިލީހުގައި ގާސިމް އިންނެވުން މުހިއްމު: ޑރ. ޝަހީމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ