މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެ

މިއަދު އިރުއޮއްސެންދެން މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.
މެޓުން ބުނީ މިއަދު މެންދުރު 02:45 އިން 06:00 އާ ހަމައަށް ޅ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
އެގޮތުން ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ބުނެ އެވެ. މެޓުން މިއަދު ހެނދުނު ވަނީ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ވެސް ނެރިފަ އެވެ.
ހއ. އަތޮޅުން ބ. އަތޮޅަށް މިއަދު މެންދުރު 03:30 ވަންދެން މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ