ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލާފައިވާ މަންޒަރު: ނޫމާން

ބަލައިލި ކޮންމެ ދިމާއަކުންވެސް ފެނިގެން ދަނީ ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލާފައިވާ މަންޒަރު ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅުވެއްޖެ އެވެ.
ނުއުމާން މިހެން ވިދާޅުވެފައިވަނީ، ދިވެހި ވިޔަފާރިތައް ބިދޭސީންގެ އަތްތަމައްޗަށް ގޮސް، އެމީހުން ބޮޑެތި މަހުޖަނުންނަށް ވަމުންދާކަން، ފާހަގަކުރައްވައި އެކަމަށް އިޝާރާތް ކުރައްވައެވެ.
އެ ކަަމަށް އިޝާރާތް ކުރައްވައި ނޫމާން ވިދާޅުވީ ބަލައިލާ ކޮންމެ ދިމާލަކުންވެސް ފެނިގެން މިދަނީ ރައްޔިތުން ނިކަމެތިކޮށް، ބިކަކޮށްލާފައިވާ މަންޒަރު ކަމަށާއި އެކަންކަމުގައި ޒިންމާވާ ފަރާތްތަކަށް ހައްގު އަދަބު ދެވެންޖެހޭނެ ކަމަށެވެ. އަދި އެކަންތަކުގައި ޒިންމާވާ އެކަކުވެސް ސަލާމަތްވިޔަ ދީގެން ނުވާނެ ކަމަށްވެސް ނޫމާން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި މިހާރު މި އޮތް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ނުއުމާން އައްޔަންކުރެއްވީ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ކަސްޓަމްސްއާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، އެތަނުގެ މަސައްކަތްތައް ހަރުދަނާކޮށް، ފޯރުކޮށްދޭ ހިދުމަތްތަކަށް ލުއިފަސޭހަކަން ގެނައުމަށްޓަކައި ގިނަ ލަނޑުދަނޑިތަކެއް ނޫމާން ކަނޑައެޅުއްވިއެވެ. މީގެ އިތުރުން ކަސްޓަމްސްގެ ތެރޭގައި ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅުކޮށް، ކަންކަން ހައްލުކުރުމަށް ސްޓްރެޓެޖިކް ޕްލޭނެއް، ވެސް ވަނީ އެކުލަވައިލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ