ދައުރު ހަމަވިޔަސް ޞޯލިހު ވެރިކަމުން ނުފައިބަން ގަދަ ހަދާފާނެ: މަދަނީ އަބްދުﷲ

މި ހިނގާ ރިޔާސީ ދައުރު ނިމި ދެހާސް ތޭވީސް ވަނަ އަހަރުގައި އާ ދައުރަކަށް ހުވާކުރަން ވަގުތު ޖެހުމުން މިއަދުގެ ސަރުކާރުން ވެރިކަމުން ނުފައިބަން ގަދަ ހަދާފާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކައުންސިލް މެމްބަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.ޗެނެލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ މުހައްމަދު ވިދާޅުވީ، މި ހިނގާ ސަރުކާރަކީ ވަރަށް ދޯދިޔާކޮށް ހިނގަމުން އަންނަ ސަރުކާރެއް ކަމަށާއި އަދި މި ޤައުމެއްގައި ސަރުކާރެއް އޮތް ކަމަށް މިހާރު ގިނަ ދިވެހި ރައްޔިތުން ޤަބޫލުނުކުރާ ކަމަށެވެ. އަބްދުﷲ އިތުރަށް ވިދާޅުވީ، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ދައުރު ހަމަވުމުން ވެރިކަމުން ފައިބަން ގަދަ ހަދާފާނެ ކަމަށާ އެއީ އެބޭފުޅުން ސަރުކާރުގައި ވައުދު ފުއްދުމުގައި ދުވަސް ގުނަނީ ބަންދު ދުވަސްތައް ނުލާކަމުގައި ވުމުން ދައުރުގެ ދުވަސްތައް ގުނުމުގައިވެސް މި ސަރުކާރުން އެ އުޞޫލު ގެންގުޅެފާނެތީ ކަމަށެވެ.އަބްދު ﷲ އިތުރަށް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ހައްގުގައި ތަރައްޤީ ގެންނަން މަސައްކަތް ކުރަމުން ގެންދާ މަންޒަރު ނުފެންނަ ކަމަށާ މި ސަރުކާރުގައި ތަރައްޤީގެ ސްޕީޑު ކުރިޔަށް ދަނީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. އަބްދުﷲ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު ރައީސް ޞޯލިހުގެ ސަރުކާރުން ކޮންމެ ކަމެއް ކުރަމުން ގެންދަނީވެސް ކޮމިޝަންތަކާ ކޮމިޓީތަކުން ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި އެފަދަ ގޮތަކަށް ރައީސް ޞޯލިހު ކަންތައް ކުރައްވަމުން ގެންދަވަނީ ކަންކަމުގައި އެމަނިކުފާނު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާތަކުން ރެކި ވަޑައިގަންނަވަން ކަމަށްވެސް ގިނަ ބަޔަކު ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ