ރޭ މެންދަމުން ފެށިގެން ހުއްޓާ ނުލާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުޅި މާލޭގައި ފެންބޮޑުވެފައިވާއިރު ވައިގަވެ، ހެންވޭރު ލޮނުޒިޔާރާތް މަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ބޮޑު ގަހެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.
ކޮޅިގަނޑުގެ ސަބަބުން ގަސް ވެއްޓި ލޮނުޒިޔާރާތް މަގުން ދަތުރުފަތުރު ނުކުރެވޭގޮތަށް ބްލޮކްވެފައިވާތީ ފުލުހުން ވަނީ އެގަސް މިހާރު ނަގާފައެވެ.
އައްޑޫ ހިތަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވަނީ ގަސް ވެއްޓިފައި އޮތްވާ ނަގާފައިވާ ފޮޓޯއެއް ޓްވީޓާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. އަދި މިސްކިތަށް ވަންނަ ދޮރު ކައިރީ އިން އެގަސް ވެއްޓި މިސްކިތުގެ އަނެއް ފަޅީގައި އިން ގެއަށް ގެއްލުން ލިބިފައިވީނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ނިޒާރު ވިދާޅުވެއެވެ. Shaheedh Ali miski therey huri biya gahei magu huras koh vettifa. Jehigen huri ge ah kuda gellumei viyas meehakah aniyaa nuvey. pic.twitter.com/CdJMfcaXXs— Ali Nizar (@DhekunuNizar) October 30, 2018
މާލޭގެ ސަރަހައްދަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާއިރު ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. ބޯކޮށް ވާރޭވެހޭނެތީ މޫސުމާއި ބެހޭ އިދާރާއިން ވަނީ ކ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން 11:00 އެވެ.
މާލެއަށް ބޯކޮށް ވާރޭވެހި މާލޭގެ އެންމެ ބާރު ބޮޑު މަގުތައް ވަނީ ފެންބޮޑުވެފައެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ޕަމްޕު ސްޓޭޝަންސްތަކުގެ ޕެނަލް ބޯޑުތަކަށް ބަޔަކު ގެއްލުންދީ ހަލާކުކޮށްލާފައިވާތީ މާލޭގެ ފެން ހިންދިފައިނުވާކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. ނަމަވެސް ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިހާރު އަންނަނީ ކުރަމުންނެވެ.
ވައިގަދަވެ ޝަހީދު އަލީ މިސްކިތުގެ ބޮޑު ގަހެއް ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ