2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއާއި ގުޅިގެން ޖަލަށް ލާފައިވަނިކޮށް ނިޔާވެފައިވާ މަރުހޫމް އަބްދުﷲ ރަޝީދުގެ އާއިލާއަށް ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނާއި އަނބިކަނބަލުން މަރިޔަމް ރީމް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ޢަދާލަތު ޕާޓީންބުނީ މިއީ ޝައިޚް އިމްރާން މިނިވަން ވުމަށް ފަހު އެންމެ ފުރަތަމަ އާއިލާއަކަށް ކުރެއްވި ޒިޔާރަތް ކަމުގައެވެ.MayDay ge gaaidhee Marhoom abdulla rasheed ge ailaa ah Adhaalath Party ge Raees Imran Abdulla ge dhekanbalun ziyarai kurahvaifi. Mee Raees imran minivanvumah fahu emme furathama aailaa akah kurevvi ziyaarayi. pic.twitter.com/ab8wKjmCYe— Adhaalath Party (@AdhaalathOffice) November 2, 2018މޭޑޭގެ މުޒާހަރާއި އާއި ގުޅިގެން ޝައިޚް އިމްރާންގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލުހުކުމް ތަންފީޒުކުރުން ފަސްކޮށް ޝައިޚް އިމްރާން މިނިވަން ކުރުމަށް ސްޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ އިއްޔެއެވެ.
ރޭ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މިނިވަންވި ނަމަވެސް ހަގީގީ މިނިވަންކަން ލިބުނުކަމަށް ގަބޫލު ކުރައްވާނީ މޭޑޭގެ މުޒާހަރާއާއި ގުޅިގެން އެކުގައި ޖަލަށް ލެވުނު އެންމެން މިނިވަން ވުމުން ކަމުގައެވެ.
އަބްދުﷲ ރަޝީދު ނިޔާވީ އެތެރެހަށީގެ ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހު އެވެ.
އަބްދުﷲ ރަޝީދަށް ފަރުވާނުދީ ކަރެކްޝަނަލް ސާރވިސްއިން އެތައް ދުވަހެއް ހިފެހެއްޓިކަމަށާއި އަބްދުﷲ ރަޝީދު ނިޔާވުމުގައި ކަރެކްޝަންގެ އިހުމާލު ވާކަމަށް ގަބޫލުކުރާކަމަށް އާއިލާއިންވަނީ ބުނެފައެވެ.
އަބްދުﷲ ރަޝީދުގެ އާއިލާއަށް އިމްރާންގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ