މިރޭވެސް މުޅި މީދޫއިން ކަރަންޓު ކެނޑިއްޖެ

22:45 1 ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ރަށުގެ ބައެއް ސަރަހައްދު ތަކަށް ކަރަންޓު ދީފި.20:10  ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުމުހަންމަދު އަމީތު ދާދި ދެންމެ ކުރެވި ޓުވީޓެއް ގަައި ވިދާޅުވެފައި ވަނީ މިރޭވެސްމުޅި މީދޫ ކަނު އަނދިރީގައި ކަމަށާއި ފެނަކައިން މިހާރުން މިހާރަށްމީދޫގެ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދިނުމަށް ގޮވާލާކަމަށް.އަދި ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހައްޤު ތަކުން މަޙްރޫމް ނުކުރެއްވުމަށެވެ.19:50 މީދޫ ފެނަކަ ބުރާންޗުން މައުލޫމާތު ދެއްވާ ގޮތުގައި ކަރަންޓު ކެނޑެން ދިމާވީ ކަރަންޓު ދިނުމަށް ބޭނުން ކުރާ 2 ޖަނަރޭޓަރ އަށް ދިމާވި މައްސަލަ އަކާއި ގުޅިގެން. އަދި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދެވޭނެ ވަކި ވަގުތެއް ބުނަން ދަތިކަމަށް.19:15 މިރޭވެސް މުޅި މީދޫއިން ކަރަންޓު ކެނޑިއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ