ވެމްކޯގައި ރެޖިސްޓްރީ ނުވާ 3000 ގޭބިސީ އެބަތިބިކަން ހާމަވެއްޖެ

ވެމްކޯގައި ރެޖިސްޓްރީ ނުވާ 3000 ގޭބިސީ އެބަތިބިކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ހާމަކުރައްވައިފިއެވެ.
ޑރ. ހުސައިން ރަޝީދު ވިދާޅުވީ މާލޭގައި ޖުމްލަ ހުރީ 20،000 ވަރަކަށް ގޭބިސީކަމަށެވެ. އަދި ވެމްކޯގައި ރެޖިސްޓްރީ ވެފައިވަނީ 17،000 ވަރަކަށް ގޭބިސީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެއާއެކު ވެމްކޯގައި ރެޖިސްޓްރީ ނުވާ 3000 ވަރަަކަށް ގޭބިސީ އެބަހުރި ކަމަށާއި، އެ ގޭ ބިސީތަކުން ވެމްކޯގައި ރެޖިސްޓަރ ނުވަނީ ކީވެއްތޯ ބަލަމުން އަންނަކަމަވެސް މިނިސްޓާރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލޭގެ މަގުތަކުގައި ޓަސްބިން ބެހެއްޓުމަށްވެސް ކުރަންޖެހޭ ދިރާސާތައް ކުރަމުން އަންނަކަމަށެވެ. އެހެން ނަމަވެސް ޑަސްބިން ބަހައްޓާފައި ހުރި ސަރަހައްދުތަކުގައި ވެސް ޒިންމާދާރުކަން ކުޑަގޮތަކަށް ޑަސްބިނުގެ ބޭނުން ބަޔަކު ހިފަމުން އަންނަކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ