ރާއްޖޭގައި ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރާ "ބޭންކެއް"ގެ ގޮތުގައި ޖާބިރު

ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އެންމެ މިހާރު އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ، އެ ބޭފުޅާގެ ދީލަތިކަމުގެ ގޮތުންނެވެ. އަދި އެއާއެކު އެބޭފުޅާ އަކީ "ކަލަގޮވާ" ބޭފުޅެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.މިހާރުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އަދި އެހެނިހެން ސިޔާސީ ބޭފުޅުން ޖާބިރުގެ އަތުން ފައިސާ ނަންގަވާފައިވާ ކަމަށް އެބޭފުޅާ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އެ ފައިސާ މިހާރުން މިހާރަށް ދެއްކުމަށް ޖާބިރު ގޮވާލައްވަމުން ދާއިރު، ޖާބިރު ތުހުމަތު ކުރައްވާ އެއްވެސް ބޭފުޅަކު އެފަދަ ފައިސާއެއް ނަންގަވާފައިވާނެ ކަމަށް އެއްބަސްވެފަ އެއްނުވެއެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ރައީސް މައުމޫނާއި ގާސިމް އިބްރާހިމް  އެބޭފުޅާ އަތުން ފައިސާ ނަންގަވާފައިވާ ކަމަށް ޖާބިރު ތުހުމަތު ކުރެއްވިއެވެ. އަދި އޭގެ އިތުރުން މި ސަރުކާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވީ އެބޭފުޅާ ފައިސާއިން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. ޖާބިރު އެފަދަ ތުހުމަތު ތަކެއް ކުރައްވާފައިވާއިރު މައުމޫން ވިދާޅުވެފައިވަނީ ޖާބިރު އަތުން އެއްވެސް ފައިސާއެއް ނަންގަވާފައި ނުވާނެކަމަށެވެ. އަދި ގާސިމް އިބްރާހިމް 5 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ޖާބިރު ވަނީ، ގާސިމް އިބްރާހިމްއަށް ހަޑި ހުތުރު ބަސްތައް ރައްދުކޮށްފައެވެ. ޖާބިރު އެފަދައިން ވިދާޅުވެފައިވާއިރު ފާހަގަކޮށްލެެވެނީ ގާސިމަކީ ޖާބިރަށްވުރެ ވިޔަފާރީގޮތުން ތަނަވަސް ބޭފުޅެއްކަމެވެ.އަދި ގާސިމްއަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެހީތެރިވާ ބޭފުޅަކަށް ވާއިރު ގާސިމް، ޖާބިރު ފަދަ ބޭފުޅެއްގެ އަތުން ފައިސާތަކެއް ދަރަންޏަށް ނަންގަވާނެ ކަމަށް އިންސާނީ ބުއްދި ގާބޫލު ނުކުރާނެއެވެ. ބޭންކުތަކުން ލޯނު ދޫނުކުރާ ވަރަށް ޖާބިރު ލޯނު ދެމުންދާއިރު އެ ލޯނު އޭނާ ދެނީ އެއްވެސް ސެކިއުރިޓީއަކާއި ނުލާތޯ މިއަދު ސުވާލު އުފެދެއެވެ. އަދި ފައިސާ ތަކެއް ބަޔަކަށް ދިންކަމަށް ބުނެ އެބޭފުޅާ ހައްދަވަނީ އިތުރުފުޅު ސުވާލު އުފެދެއެވެ؟ އަދި އެއީ ނޫސްތަކުގެ ސުރުޚީތަކުން ޖާގަ ހޯއްދެވުމަށް ޖާބިރު ޖައްސަވާ މީޑިއާ ސްޓަންޓެއް ކަމަށްވެސް ވެދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ