ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓު ކުރާނޭ “ވިސަލްބްލޯވާ” ޕޯޓަލްއެއް ސަރުކާރުން ހުޅުވައިފި

ކޮރަޕްޝަނާ ބެހޭ މައްސަލަތައް ސިއްރުން ހުށަހެޅޭނެ ޕޯޓަލްއެއް މިއަދު ސަރުކާރުން އިފްތިތާހު ކޮށްފި އެވެ.
ކޮރަޕްޝަނުގެ އަމަލެއް އެއްވެސް ތަނަކު ހިނގާ ކަމަށް ޝައްކު ކުރެވިއްޖެ ނަމަ މި ޕޯޓަލް އަށް ވަދެ ރިޕޯޓު ކުރެވޭނެއެވެ. ރިޕޯޓު ކުރާމީހާގެ ނަން ނުވަތަ މައުލޫމާތު ހާމަ ކުރުމަކީ ލާޒިމު ކަމެއް ނޫނެވެ. މީގެ އިތުރަށް އެމީހަކު ރިޕޯޓުކުރާ މައްސަލައެއް ކުރިއަށް ދާ މިންވަރުވެސް މި ސައިޓުން ބަލައިލެވޭނެއެވެ.
މި ޕޯޓަލް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަނަކަށް އެއްވެސް މިންވަރަކަށް ޖާގައެއް ނުދޭނެ ކަމުގައެވެ.މިއާއެކު ކޮރަޕްޝަނަށް ހުޅުވޭ މަގުތައް ބަންދު ކުރެއްވުމުގެ ގޮތުން މިހާރުވެސް ވަނީ ފިޔަވަޅުތަކެއް އަޅުއްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ވަޒީރުންގެ މާލީ ބަޔާން ހާމަ ކުރެއްވުން ހިމެނެއެވެ.
ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެންނަން ޖެހޭ މައްސަލަތައް، މައްސަލަ ބަލާ ކޮމިޓީން ރައީސަށް ހުށަހަޅާނެ ކަމަށް ރައީސްކަމަށާއި ރައީސްގެ އިރުޝާދުގެ މަތިން، އެ މައްސަލަ ބަލަން ޖެހޭ ނަމަ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭނެ ކަމަށް ވެސް ރައީސް އޮފީހުންް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ