ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ތަފްސީލް - ނަބީލް އުމުރަށް ޖަލަށް ލުމުގެ އިތުރުން 100،000ރ. ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވާ ކަން އެނގިފައިވެ އެވެ.
މި މައްސަލައިގެ ހުކުމް އަދި ކްރިމިނަލް ކޯޓުގެ ސައިޓަށް ނުލަ އެވެ. ނަމަވެސް ހުކުމްކުރި ކަން ކޯޓުން ކަށަވަރުކޮށްދެ އެވެ. ހުކުމް ނުލިބޭތީ އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނަބީލަކީ މީގެ ކުރިން ވެސް ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ މީހެކެވެ.
ސެޕްޓެމްބަރު 2021ގައި ޓިކްޓޮކް މެދުވެރިކޮށް އޭނާގެ ޖިންސީ ގުނަވަން ދައްކައި ޖިންސީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރި މައްސަލައެއްގައި އޮރިޔާން ކާޑު ހެދުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވެ، އެއް އަހަރަށް އޭނާ ވަނީ ޖަލަށް ލާފަ އެވެ. އެ ހުކުމް ކުރީ 2022ގެ ތެރޭގަ އެވެ.
ޓިކްޓޮކް 'ޔާޔާ ނަބީލް' މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ