މޫސުން ގޯސްވުމާއި ގުޅިގެން ބައެއް ރަށްތަކަށް ޔެލޯ އެލާރޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނީ ލ. އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުުގެ ރަށްތަކަށެވެ.
މެތް އޮފީހުން ބުނެފައިވާ ގޮތުަގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއިއެކު ގަދަޔަށް ވިއްސާރަ ކުރާނެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ޔެލޯ އެލާރޓް ނެރެފައިވަނީ ިމިރޭ 21:30 އިން ފެށިގެން މެންދަމު 1:30 އާއި ހަމައަށެވެ.
ޔެލޯ އެލާރޓް ނެރެފައިވާއިރު، ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި މެނުވީ ކަނޑުދަތުރު ނުކުރުމަށާއި ކަނޑުދަތުރު ކުރާއިރު ވެސް ރައްކާތެރި ފިޔަވަޅު އެޅުަމަށްފަހު (ލައިފް ޖެކެޓްފަދަ ތަކެތި ދޯނީގައި ހަމަތޯ ބެލުމަށްފަހު) މެނުވީ ދަތުރު ނުކުރުމަށް މޫސުމާއިބެހޭ އިދާރާއިން އަބަދުވެސް ނަސޭޙަތްތެރި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ