ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރައިމަރީއަކާ ނުލާ ކުޑަހުވަދޫ ދާއިރާގެ ޓިކެޓް މުހައްމަދު ޖައިޝަމްއަށް ލިބިއްޖެއެވެ.
އެމްޑީޕީން ބުނީ ޖައިޝަމްއަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވީ އޭނާއާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި ދ.ކުޑަހުވަދޫ އަނބުގަސްދޮށުގެ، މުހައްމަދު އިސްމާއިލްގެ ނަން އަނބުރާ ގެންދިއުމާ ގުޅިގެން ކަމަށެވެ.
ޖައިޝަމްއަކީ ބެންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި މީގެ ކުރިން ހިމެނިވަޑައިގެން އެބޯޑުގައި ދުވަސް ތަކަކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމްޑީޕީ ޕްރައިމަރީގައި މިހާތަނަށް 56 ދާއިރާއެއްގެ ޓިކެޓް ކަށަވަރުވެފައިވާއިރު އަދި 32 ދާއިރާއެއްގެ ޕްރައިމަރީ ބާއްވަން ޖެހެ އެވެ.
އެ 32 ދާއިރާގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ޕްރައިމަރީއަކާ ނުލާ ޖައިޝަމްއަށް ކުޑަހުވަދޫ ދާއިރާގެ ޓިކެޓް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ