މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު، އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާބެހޭ ފޯމް، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް ހުށަހަޅުއްވަންޖެހޭ އެންމެފަހު ވަގުތަކީ، އެދުވަހު މެންދުރުފަހު 3.00 އެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވާނީ، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީއިން ހުޅުއްވައިލެއްވީ، މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ފާހަގަކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިދަންނަވާ ކަންކަމަށެވެ.
1. މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
ފުރިހަމަކޮށްފައިވާ ކޯހަކީ، ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ސަނަދެއް ދީފައިވާ ކޯހަކަށްވުން. އޯޑިނަރީ ބެޗްލަރޒް ޑިގްރީއަކީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެކެވެ.
2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލް ކުރުން.
މި ސަނަދުތަކުގެ ތެރޭގައި ހިމެނެނީ، ޑޮކްޓަރ އޮފް ފިލޯސަފީއާއި، ޕްރޮފެޝަނަލް ޑޮކްޓަރޭޓާ، މިފެންވަރުގެ ސަނަދުތަކެވެ. މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ސަނަދު ޙާޞިލު ކުރުމަށްފަހު، ދިވެހިރާއްޖެއަށް ޚިދްމަތްކުރާ ދިވެހިންނަށެވެ.
3. ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދުން.
4. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލް ކުރުން.
5. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.
މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ސަރުކާރުން ކަނޑައަޅާ ދާއިރާއަކުން ސަރުކާރުން ގަބޫލުކުރާ ފެންވަރަކަށް މަސައްކަތެއްކުރާ ނުވަތަ އެއްޗެއް އުފައްދާ ފަރާތްތަކަށެވެ. މިއިނާމުދޭން ކަނޑައެޅޭ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާތަކާއި، އިނާމުދެވޭ ފެންވަރު، ކޮންމެ އަހަރަކު އިޢުލާނު ކުރެވޭނެއެވެ. މި އިނާމުދޭނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. މިގޮތުން، ކުރިއަށް އޮންނަ އަހަރު އިނާމު ދެވޭ ދާއިރާ ނުވަތަ ރޮނގު އިޢުލާނު ކުރާނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާ ޖަލްސާގައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިދެންނެވި ކާމިޔާބީތައް 2007 ވަނަ އަހަރު ނުވަތަ އޭގެފަހުން ޙާޞިލްކޮށްފައިވާ އަދި އެކަމަކަށް ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ކުރިން ލިބިފައިނުވާ ފަރާތްތަކަށެވެ. އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް، މި އިނާމާބެހޭ އިތުރު މަޢުލޫމާތު ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީންވަނީ މި މަހުގެ 10 ވަނަ ދުވަހު ބައްދަލުވުމެއްވެސް ބާއްވަވާފައެވެ.
ކީރިތިރަސޫލާގެ ހައްޤުގައި ބަޔަކުދެކެ ރުޅިއަންނަން ޖެހިއްޖެނަމަ އެކަން ކުރަންޖެހޭނެ ކަމަށާއި، އެހެންނަމަވެސް ކުރާ ކޮންމެ ޢަމަލަކީ ރަސޫލާ ދެއްކެވި ރީތި ނަމޫނާގެ ތެރެއިން ކުރެވޭ ކަމަކަށް ވާންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ކީރިތި ރަސޫލާގެ މަތިވެރި ޝަޚްސިއްޔަތު ހާމަކޮށްދިނުމުގެ ގޮތުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރަސޫލާއަށް ފުރައްސާރަ ކުރުމާއި އެކަލޭގެ ފާނުގެ ޝަޚްސިއްޔަތަށް ބަދުބަސް ބުނުމަކީ އިއްޔެއަކު މިއަދަކު ހިނގަން ފެށިކަމެއް ނޫންކަމަށެވެ.
އެއީ އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީއްސުރެ މިއަދާއި ހަމައަށްވެސް ހިނގަމުންދާކަމެއް ކަމަށާއި، އެކަންކުރާ ބަޔަކު ކިތައްމެވަރަކަށް ކުރިޔަސް އެމީހުންގެ މަޤުސަދު ޙާސިލް ނުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ، ކިރިތި ރަސޫލާއަށް ފުރައްސާރަކޮށް ދާދިފަހުން ބަޔަކު އުފެއްދި ފިލްމާއިގުޅިގެން ބައެއް އިސްލާމީ ޤައުމުތަކުގެ މުސްލިމުން ރުޅިއައިސް އިސްލާމް ދީނުގެ ހުދޫދުން ބޭރުގައި ކަންތައްތަކެއް ކޮށްފައިވާކަމަށެވެ.
އެގޮތުން މުޢާހަދަތަކާއި އެއްބަސްވުންތަކުގެ ދަށުން ޤައުމުތަކުގައި އުޅޭ ބޭރުގެ ސަފީރުންނާއި، ޑިޕްލޮމެޓުންނަށް ހަމަލާދީ މެރުމަކީ ރަސޫލާ މަނާކުރައްވާފައިވާ ކަމެއް ކަމަށާއި، އެއީ ޙަރާމްކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިއަދުގެ ދުނިޔޭގައިވެސް ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް، ތަހްޒީބާއި ޙިކުމަތްތެރިކަމާއެކު، ރައްދުދޭ މުސްލިމުން ތިބިކަން ފާހަގަކުރައްވައި މިނިސްޓަރވަނީ މިސާލު ދައްކަވާފައެވެ.
ގިނަ އަދަދެއްގެ ބަޔަކު ޙާޒިރުވި ރޭގެ ޖަލްސާގައި ރަސޫލާގެ ޝަޚްސިއްޔަތުގެ މަތިވެރި ކަމާއި ބެހޭގޮތުން ތަޤްރީރު ކުރެއްވީ އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދާއި، ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ދީދީ އަދި ޝައިޚް މުހައްމަދު ނަޝީދު އާދަމާއި، އާދަމް ޝަމީމާއި، މުހައްމަދު ގުބާބު އަބޫބަކުރެވެ.
މިހުރިހާ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ރަސޫލާގެ ޝަޚްސިއްޔަތުގެ މަތިވެރިކަމާއި އެކަލޭގަފާނު ދެކެ ލޯބިވާންވީ ގޮތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
ރޭގެ ޖަލްސާގައިވަނީ "ރަސޫލާގެ ސުންނަތަށް ވާޖިބުވުމުގެ މާތްކަން" މިނަމުގައި ފޮތެއްނެރެ އެފޮތުގެ 1000 ކޮޕީ ބަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ