ވޭތުވެދިޔަ 30 އަހަރާއި، ނިމިގެންދިޔަ ވެރިކަމުގެ 3 އަހަރުގެ ތެރޭގައި ކުރެވިފައިހުރި ގޯސް ކަންތައްތަކުން ޢިބުރަތް ޙާސިލްކޮށް، އެކަންކަން އިސްލާހު ކުރުމަށް އެންމެންވެސް މަސައްކަތް ކުރުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އިންތިޤާލީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމު ގޮވާލައްވައިފިއެވެ.
ޅ.ނައިފަރުގައި އެޕާޓީން ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ޕީ.ޕީ.އެމްއަކީ އެއްވެސް އެހެން ޕާޓީއަކާއި ޒާތީ ހަސަދައެއް ލައިގެން، ރުޅިވެރިކަމެއް ބާއްވާނެ ޕާޓީއެއް ނޫން ކަމަށާއި، ޕީ.ޕީ.އެމްއިން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމުގެ މަސްލަހަތު އިސްކޮށް، ޚިޔާލު ތަފާތުވިޔަސް ރައްޔިތުންނަށް ފައިދާހުރި ކަންކަން ކޮށްދީ، އެކަންކަމަށް މަގުފަހިކޮށްދިނުމަށް ކަމަށް މައުމޫން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މައުމޫން ވިދާޅުވީ، އެމަނިކުފާނު ނައިފަރަށް ކުރެއްވި މިދަތުރުފުޅަކީ، ނައިފަރުގައި ޕީ.ޕީ.އެމްގެ ރޫޙު ދިރުވައި އާލާ ކުރުމަށާއި ޕީ.ޕީ.އެމްގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ފެށުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
ވޭތިވެދިޔަ 30 އަހަރާއި، މިދިޔަ 3 އަހަރުގެ ގޯސްތަކުން ޢިބްރަތް ހާސިލްކުރަންޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ