ޓިއުނީޝިޔާ އާއި އިޒްރޭލް ގުޅުން ބާއްވަން ފާސްކުރީތީ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފި!

ލިޔުނީ: އައިޝާ މުނާޓިއުނީޝިޔާ އާއި އިޒްރޭލް ގުޅުން ބާއްވަން ފާސްކުރީތީ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފިއެވެ.ޚަބަރުތައް ބުނާގޮތުގައި އިޒްރޭލާއި ޓިއުނީޝިޔާ އާއި ގުޅުން ޤާއިމް ކުރުމަށް މަޖިލީހުން ނިންމުމުން އެކަމާއި ދެކޮޅަށް އެތައް ސަތޭކަ ބަޔަކު ނުކުމެ ވަނީ އަޑު އުފުލާފައެވެ. އެއްވިމީހުން ގޮވަމުން ދިޔަ އެޤައުމުގެ ސަރުކާރުން ޢިޒުރޭލްއާއި ގުޅުން ބާވަން ވީއެއްބަސްވުން ބާޡިލު ކުރުމަށެވެ. އަދި ގުޅުން ބާވަން އެއްބަސްވީ މެންބަރުންނަށް މަރުގެ އަދަބުދިނުމާށައި އަދި އެމީހުންގެ ނަން މީޑިޔާތަކުގެ ފަލަ ސުރުޙީތަކުގައި ހާމަކުރުމަށް މުޒާހަރާ ކުރި މީހުން ދިޔައީ ގޮވަމުންނެވެ.މިމުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވީ ޢަހުމަދު ޚަލާއުއީ ބުނިގޮތުގައި ” އިޒުރޭލްއަކީ އެއްގޮތަކުން ވެސް ގުޅުން ބާއްވާވަރުގެ ބައެއް ނޫންކަމަށާއި އަދި ސަރުކާރުން އެމީހުންނާއި ގުޅުން ބާވަން އެމީހުން އެބަސް ނުވާނެ”ކަމަށެވެ. އަދި “އާދިއްތަ ދުވަހު ކުރި މުޒާހަރާގައި ބައިވެރިންގޮވަމުންދިޔައީ ސަރުކާރަށްވެސް އަދި ބޯޑު މެންބަރުންނަށްވެސް އެމީހުން އިތުބާރު ނުކުރަކަމަށާއި އަވަހަށް އެމީހުން ވަކިކޮށް އާމެންބަރުން ތަކެއް އެކުލަވާލުމަށެވެ.”އިޒްރޭލުއާއި އެކުގައި ޓިއުނިޝިޔާގެ ސަރުކާރުންވީ އެބަސްވުގައި ބައެއް ނުކުތާތަށް އެޤައުމުގެ ބޯޑުމެންބަރުން ވަނީ ފަހުން ބާޡިލުކޮފައެވެ. 1996 ވަނަ އަހަރުގައި ވެސް މިދެޤައުމުން ގުޅުން ބަދަހިކުރުމައްޓަކައި ވަނީ އެބަސްވުމެއްގައި ސޮއި ކޮށްފައެވެ. ނަމަވެސް 2000 ވަނަ އަހަރު އިޒުރޭލާއި ދެކޮޅަށް ބޭއްވި އިންތިފާދާއަށް ފަހު ވަނީ އެ އެއްބަސްވުންވެސް ބާޡިލު ކޮށްފައެވެ. ކުރީގެ ޓިއުނިށިޔާގެ ބޮޑުވަޒީރު ޒެއިން އަލް އަބީދާން ބެން ޢަލީ ވަނީ މިފަދަ ބޭއިންސާފީ ކަންކަން ގިނެވެ ރައްޔިތުންގެ ޢިތުބާރު ގެލިގެން މުޒާހަރާކުރުމުން އެމަޤާމުން އިސްތިޢުފާ ދީފައެވެ.ފަހަކަށް އައިސް ދުނިޔޭގެ ގިނަ ޤައުމުތަކުން އިޒުރޭލްއާއި ގުޅުން ބާއްވަން ދެކޮޅުހަދައެވެ. އެހެނަސް ރާއްޖޭން ދަނީ އިޒްރޭލާއި ގާތް ގުޅުމެއް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ