ކާޑުގެ މައްސަލައަށް މިނޫން ގޮތެއް ހޯދައިދޭން މައުމޫން އެދިވަޑައިގެންފި

ކުއްލި ގޮތަކަށް އިއްޔެއިން ފެށިގެން ކާޑުގެ ބާވްތަތަކުގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް އެހެން ގޮތެއް ހޯދައިދޭން ވެރިކަން ކުރާ ޕީޕިއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ.
މައުމޫން މިގޮތަށް އެދިވަޑައިގެންނެވީ ޕީޕީއެމް ޕީޖީ ވައިބާ ގްރޫޕުގައި މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި އެވެ.
އެ މެސެޖުގައި މައުމޫން ވިދާޅުވި ވެފައިވަނީ ކުއްލިއަކަށް ކާޑުގެ ބާވަތްތަކުން އަގު ބޮޑު ކުރުމަކީ އާންމުންނަށް ދަތިވާނެ ކަމެއް ކަމަށެވެ. އަދި ޕީޕިއެމްގެ ސަރުކާރެއްގައި ކުރާ ކަހަލަ ކަމެއް ނޫންކަމަށް ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ ކާޑުގެ  މައްސަލައަށް މިނޫން ގޮތެއް ހޯދުން މުހިންމު ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ކާޑުގެ އަގު ބޮޑު ކުރުމުން ހަމަ އެ ގްރޫޕުތެރޭގައި ވަނީ ސަރުކާރަށް ވަރަށްބޮޑަށް ޕީޕީއެމް މަޖިލީސް މެންބަރުންފާޑު ވިދާޅުވެފައި އެވެ.
އެގޮތުން ބައެއް މެންބަރުން ވަނީ އެކަނިވިޔަސް އެ ނިންމުމާއި ދެކޮޅު ހައްދަވާނެ ކަމަށާއި މި ފަދަ ނިންމުމެއް ނިންމަން ޖެހޭނީ ޕީޕީއެމް މަޖިލީސް މެންބަރުންގެ ހިޔާލު ހޯދައިގެން ކަމަށް ވިދާޅުވެފައި އެވެ. އަދި އިންތިހާބު ބޯމަތިވެފަިއވަނިކޮށް މިފަދަ ނިންމުމެއް ނިންމަން ނުވާނެ ކަމަށާއި ބޮޑެތި އިމާރާތްތައް ކޮށްގެން ވޯޓު ނުލިބޭނެ ކަމަށް މެންބަރުން ވިިދާޅުވެފައިވެ އެވެ.
އޭގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވެފަިއވަނީ ކާޑުގެ އަގު ބޮޑު ކުރީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ.
ކާޑުގެ އަގު ބޮޑު ކުރުމާއި ގުޅިގެން ރައީސް މައުމޫން ހިތްހަަމަ ނުޖެހުން ފާޅު ކުރެއްވި އިރު އެމަނިކުފާނު ގެންދަވަނީ ސަރުކާރުން ނިންމާ ބައެއް ނިންމުންތަކަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިއުލާނު ނުކޮށް ފަޅުރަށް ކުއްޔަށް ދިނުމާއި އަބުރުގެ ގާނޫނަކީ ފާޅުގައި މައުމޫން ދެކޮޅު ހެއްދެވި ބިލްތަކެވެ.
ސަރުކާރުން ކާޑުގެ ބާވަތްތަކަށް ދެމުންދިޔަ ސަބްސިޑީ  އުނިކޮށް މިހާރު ސަބްސިޑީ ދެނީ ހަމައެކަނި ފަގީރުންނަށެވެ. އަދި ކާޑުގެ އަގު ވަނީ 100 ޕަސެންޓު ބޮޑުކޮށްފައި އެވެ.
ކާޑުގެ ބާވަތްތަކުގެ އަގަށް ގެނައި ބަދަލާއި އެކު މިހާރު ހަނޑޫ ކިލޯއެއްގެ އަގަކީ .7.96 ރުފިޔާ އެވެ. އަދި ހަކުރު ކިލޯއެއްގެ އަގު އަށް ރުފިޔާއަށް ބޮޑުވެ ފައިވާއިރު. ފުށް ކިލޯއެއް ވިއްކަނީ 5.96 ރުފިޔާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ