ތިނަދޫ އިންޖީނުގެ އަދާ ހުލިވެ، ފެނާއި ނަރުދަމާގެ ނިޒާމަށް ބުރޫއަރާފައި

ތިނަދޫ އިންޖީނުގެ އަދާ ހުލިވެ ފެނާއި ނަރުދަމާގެ ހިދުމަތަށް ބުރޫ އަރައިފިއެވެ. ރޭ ދަންވަރު 2:30 ގައި ތިނަދޫ އިންޖީނުގައި ރޯވެފައި ވަނީ އިންޖީނުގެ އާއި ޖެހިގެން ހުންނަ ގުދަނެއްގައި ރޯވެގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ސަން އޮންލައިން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެ ގުދަނުގައި އަލިފާންރޯވާ ކަހަލަ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި އެހެންކަމުން އެއީ އިންސިޑެންޓެއް ކަމަށް ނުބެލެވޭ ކަމަށެވެ.
‘ދުވަސް’ އާއި ވާހަކަ ދައްކަމުން ތިނަދޫ ދެނުކު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ތިނަދޫގެ ހާލަތު މިވަގު އޮތީ ވަރަށް ‘ހިތާމަވެރި ގޮތަކަށް’ ކަމަށެވެ.
” ކަރަންޓް ޝަޓް ޑައުން ވުމާއި އެކު ފެނުގެ ނިޒާމާއި އާއި ނަރުދަމާގެ ނިޒާމަށް ވެސް މި ވަނީ ބުރޫ އަރާފައި. އެހެން ކަމުން މިއީ ހަމައެކަނި ކަރަންޓަށް ދިމާވި މައްސަލައެއް ނޫން، މުޅި ރަށަށް މި އޮތީ ކްރައިސިސް އެއް ދިމާވެފައި” އަބްދުﷲ އަހުމަދު ވިދާޅުވިއެވެ.
ފެނުގެ ނިޒާމުގައި މިވަގުތު ފެން ރައްކާކުރެވިފައި ހުރީ 24 ގަޑިއިރަށް ބޭނުންވާވަރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ