ދިއްދޫ ދާއިރާގެ އެމްޑީޕީ އޮފީހުގެ ބިންގާ އަޅުއްވައި، ’ތިން ބާރު’ ވޮލީކޯޓު ނަޝީދު ހުޅުއްވައިދެއްވައިފި

ހއ.ދިއްދޫއިން މާހިލް މުހައްމަދު
ހއ.ދިއްދޫ ދާއިރާގެ އެމްޑީޕީ އޮފީސް އިމާރާތުގެ ބިންގާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އަޅުއްވައިދެއްވައިފިއެވެ.
އެމްޑީޕީގެ ދިއްދޫ ދާއިރާގެ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ، އެރަށު ޚަދީޖާ ޤާސިމް ނަމަކަށް ކިޔާ އަންހެން ބޭކަނބަލެއް، އެމްޑީޕީއަށް ހަދިޔާ ކުރެއްވި ގޯއްޗެއްގައެވެ.
މި ގޯތި އެމްޑީޕީއާ މިއަދު ހަވާލުކުރުމުގެ އެއްބަސްވުމުގައި، އެމްޑީޕީއާ އެކު އޭނާ ވަނީ ސޮއިވެސް ކޮށްފައެވެ.
އެމްޑީޕީއިން މަޢުލޫމާތު ދެއްވާ ގޮތުން، މި އޮފީސް ޤާއިމު ކުރުމުގެ މަސައްކަތް ކުރާނީ، އެމްޑީޕީގެ މެމްބަރުންނެވެ. އަދި މި އޮފީހުގެ ހުރިހާ މަސައްކަތެއް، މަދުވެގެން ތިން މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޑީޕީ ދިއްދޫ ދާއިރާއިން މަޢުލޫމާތު ދެއްވައެވެ.
މީގެ އިތުރުން، ރައީސް ނަޝީދު މިއަދު ވަނީ ހއ.ދިއްދޫ "ތިން ބާރު ވޮލީކޯޓު" ވެސް ހުޅުއްވައިދެއްވާފައެވެ.
މިއާ އެކު، މިއަދު ހަވީރު ދިއްދޫގައި ވަނީ، އެމްޑީޕީގެ ޓީމަކާއި، ހއ.ދިއްދޫ ތިން ބާރު ޓީމާ އެކު އެކުވެރިކަމުގެ ވޮލީ މެޗެއް ވެސް ކުޅެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ