ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ސްކޫލް އަންނަ އަހަރު ހުޅުވަނީ

ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ސްކޫލް 2015 ވަނަ އަހަރުގެ ދިރާސީ އާ އަހަރާއިއެކު ހުޅުވޭނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ސްކޫލްގެ މަސައްކަތް ހިނގާ ގޮތް ބައްލަވާލެއްވުމަށް މިއަދު ހުޅުމާލެއަށް ވަޑައިގަތުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވާހަކައިގައި ހުޅުމާލޭގައި ސްކޫލެއް ހުޅުވެނީ، ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރުފުރޭ ރަންޔޫބީލްގައި ކަމަށާއި އެ ސްކޫލް ހުޅުވެނީ ސަރުކާރުން ޒުވާނުންގެ ސިޓީގެ ގޮތުގައި ތަރައްގީކުރާ ހުޅުމާލޭގައި ކަމަށްވެފައި، ޒުވާނުން ބިނާ ކުރުމުގެ އެންމެ މުހިންމު މަސައްކަތް ފެށެނީ ސްކޫލްތަކުގެ ތެރެއިން ކަމަށް މިިނިސްޓަރު ފާޙަގަކުރެއްވިއެވެ.
މި ސްކޫލްގައި 44 ކްލާސް ރޫމާއި، ހޯލަކާއި، ލެބްތަކާއި، ލައިބްރަރީގެ އިތުރުން ސްޓާފް ރޫމަކާއި އިދާރީ އޮފީހެއް ހިމެނެއެވެ.
މި ސްކޫލްގެ ކޮންޓްރެކްޓަރަކީ އަމީން ކޮންސްޓްރަކްޝަނެވެ. މި ސްކޫލް އިމާރާތްކުރަނީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ