ރާއްޖޭގެ ބިމެއް ވިއްކާލާނަމަ ޖީއެމްއާރާއި ދެކޮޅަށް ތެދުވި މީހުން ނިކުންނާނެ: އުމަރު

ރާއްޖޭގެ އެއްވެސް ބިމެއް ރާއްޖޭގެ ވިއްކާލައި އަދި ކުއްޔަށްދޭނަމަ އެކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވާނީ ޖީއެމްއާރާއި ދެކޮޅަށް ތެދުވި މީހުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރުގެ އާއްމު ވައިބާ ގްރޫޕުގައި އުމަރު ވިދާޅުވެފައިވަނީ މި ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި އިސްލާމްދީނުގެ ދިފާއުގައި ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވާނެކަން މީގެކުރިންވެސް އަމިއްލަގޮތުން ދައްކުވައިދީފައިވާނެ ކަމަށެވެ.
އުމަރުގެ ބުނެފައިވަނީ ވަނީ އެމްޑީޕީގެ އިސްވެރިން ކުރީގެ ނައިބް ރައީސް އަދީބުގެ "ވަގު" ފައިސާގައި ވޯޓު ވިއްކުމަށްފަހު މިހާރު އެ ޕާޓީގެ އާންމު މެންބަރުން ގުބޯ ހެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ތުހުމަތު ކުރައްވާފައި އެވެ.
ރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ނެގުނު ވޯޓުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ބައިވެރިވެފައިވާތީ އުމަރު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދި މި ސަރުކާރަކީ ކޮރަޕްޓް ސަރުކާރެއް ކަމަށާއި އެހެންކަމުން ވަކިކަމެއް ނުކުރާނެކަމަށް ދަންނަވަން ދަތި ކަމަށެވެ.
"ޤާނޫނުއަސާސީގައިވާ ގޮތުން އެސްއީޒެޑް ޕްރޮޖެކްޓެއް ހިންގޭނީ އެ ޕްރޮޖެކްޓަކަށް ވަކި ގާނޫނެއް ހެދި މަޖިލީހުން ފާސްކުރެވިގެން. އެހެންކަމުން މި ޕްރޮޖެކްޓާ ބެހޭ ގާނޫނު މަޖިލީހަށް ވަނުމުން މި ޕްރޮޖެކްޓްގެ ތަފްސީލްތައް ލިބޭނެކަމަށް އުއްމީދުކުރެވޭ" އުމަރު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ