ގެންގުޅެ ބޮޑުކުރި މީހާ ޖަނަވާރުންވެސް ދަނޭ: ގާސިމް

ޖަނަވާރުންވެސް އެސޮރުމެން ގެންގުޅެ ބަލާބޮޑުކުރި މީހާ ދަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ރޭ ޕީޕީއެމްގެ ޖަލްސާއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގާސިމަށް އަމާޒުކުރައްވާ ފާޑު ވިދާޅުވެފައި ވަނިކޮށް މިރޭ ކުރެއްވި ޓްވިޓެއްގައެވެ.Janavaarunves dhaney esoru gengulhe balaa bodu koh varugadha sorakah hedhi meehaa . Misaalakah kuhthaa esoru belehehtimeehaa salaamaiy kurumah furaana dhuhvaa laa noonthoa.??? Raamaa makunuves heyokameh kohdhin meehaa dhaney dhehthoa . ??? Ekamaku .......... Qasim— Qasim Ibrahim (@qasimibrahim) January 12, 2018ގާސިމް ވިދާޅުވީ ޖަނަވާރުންވެސް އެސޮރު ގެންގުޅެ ބަލާބޮޑުކޮށް، ވަރުގަދަ ސޮރަކަށް ހެދި މީހާ ދަންނަ ކަމުގައެވެ.
"ޖަނަވާރުންވެސްދަނޭ އެސޮރު ގެންގުޅެ ބަލާބޮޑުކޮށް، ވަރުގަދަ ސޮރަކަށް ހެދި މީހާ، މިސާލަކަށް ކުއްތާ އެސޮރު ބެލެހެއްޓި މީހާ ސަލާމަތް ކުރުމަށް ފުރާނަ ދުއްވާލާ ނޫންތޯ؟ ރާމާ މަކުނުވެސް ހެޔޮކަމެއް ކޮށްދިން މީހާ ދަނޭ ދެއްތޯ؟އެކަމަކު......" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ހަރަދުގައި ކިވަޔާ ވިދާޅުވެ ގާސިމްގެ ސަން އައިލެންޑް ރިސޯޓްގެ މެނޭޖަރަކަށް ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ މިނިސްޓަރުކަމަށް ވަޑައިގެންނެވި ސައީދު ގާސިމަށް ފާޑުވިދާޅުވީ ރޭ އއ މަތިވެރީގައި ރޭ ބޭއްވި ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާގައެވެ.
ސައީދުވަނީ ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވުމުން އެޕާޓީ ދޫކުރަށްވާ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވާފައެވެ.
ޖަލްސާތަކުގައި ރައީސް ޔާމީނާއި ފަސްޓްލޭޑީ ފާތުމަތު އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ އާއްމުގޮތެއްގާ ވާހަކަ ދައްކަވާ ސައީދު ރޭގެ ޖަލްސާގައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އއ. އާއި އދ. އަތޮޅަށް އިހުމާލުވެފައިވާކަމަށް ވިދާޅުވެފައެވެ.
ގާސިމަށް ފާޑުވިދާޅުވުން އަމާޒު ކުރައްވާ ސައީދު ވިދާޅުވީ އަރިއަތޮޅުގެ ތަރައްޤީއަށް ބައެއް ޕާޓީތަކުން ހުރަސްތައް ކުރިމަތި ކުރުވާއިރު އެކަން ކުރަނީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމުގައެވެ. އަދި ވިޔަފާރިވެރިއެއްގެ ޝައުގު ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން އެއްވެސް ރަށެއް އަތޮޅެއް ނުވަތަ މީހެއް ހުންނަން ޖެހޭނެ ކަމަކަށް ގާނޫނުއަސާސީގައި ބުނެފައި ނުވާކަމަށް ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ